މާފުށީ ޖަލުގައި ސަޖިދާގައި އޮއްވާ ނިޔާވި ގައިދީގެ ޕޯސްޓުމޯޓަމް ހަދަން ނިންމައިފި

Loading

Facebook
Twitter
WhatsApp

މިއަދު މާފުށީ ޖަލުގައި ސަޖިދައިގައި އޮއްވާ ނިޔާވި ގައިދީގެ ޕޯސްޓްމޯޓަމް ހަދަން ނިންމައިފިއެވެ.

ނިޔާވެފައި ވަނީ ށ.ފުނަދޫ/ޒަމާނީވިލާ މުހައްމަދު ޖަމީލު (45)، ށ. އެވެ. މިކަމާއި ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހްސާން މިރޭ ވިދާޅުވީ ސީސީޓިވީ ފޫޓޭޖުން ދައްކާ ގޮތުން ޖަމީލު ނިޔާވެފައި އޮއްވާ ފެނުނީ މިއަދު ހެނދުނު ނަމާދުކުރަން ސަޖިދާގައި އޮއްވާ ކަމަށެވެ.  

ގައިދީއަކު ނިޔާވެއްޖެނަމަ އަބަދުވެސް އެކަން ފުލުހުން ތަހުގީގު ކުރާކަމަށާއި ޝައްކު ކުރެވޭ ކަންކަން ހުންނަމަ ހިއުމަން ރައިޓްސް ކޮމިޝަނުންވެސް ވަކިން ތަހުގީގު ކުރާނެ ކަމަށެވެ.

މީގެ އިތުރުން މިކަމުގައި ފުރިހަމަ ތަހުޤީޤެއް ކުރުމަށާއި އަދި ޢާއިލާގެ ހުއްދައާއެކު ޕޯސްޓްމޯޓަމް ހެދުމަށް ވާނީ މިހާރު އަންގާފައި ކަމަށް އިހްސާން ވިދާޅުވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް