ޑެލްހީ އެއާޕޯޓްގެ ފުރާޅެއް ވެއްޓުމުގެ ސަބަބުން އެކަކު މަރުވެ ބޮޑެތި ގެއްލުންތައް ލިބިއްޖެ

Loading

Facebook
Twitter
WhatsApp

ބޯކޮށް ވާރޭވެހި ފެން ބަރުވުމުގެ ސަބަބުން ޑެލްހީ އެއާޕޯޓްގެ ފުރާޅެއް ވެއްޓި އެކަކު މަރުވެ ކާރުތަކެއް ހަލާކު ވެއްޖެ އެވެ.އޮންލައިން ވީޑިއޯ ތަކުންފެންނަ ގޮތުގައި ފުރާޅު ވެއްޓިފައި ވަނީ ފުރާޅު ހިފެހެއްޓުމަށް ޖަހާފައިވާ ތަނބުތައް ބިންދައިގެން ދިއުމުގެ ސަބަބުންނެވެ.އަދި ތަނބުތައް ވެއްޓިފައި ވަނީ ޓާމިނަލް ވަން ކައިރީގައި ބާއްވާފައި ހުރި ކާރު ތަކެއްގެ މައްޗަށް ކަމުން ކާރުތައްވެސް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.

މިއަދު ފަތިހު 5ޖެހިއިރު ހިނގި މި ހާދިސާގައި 4 މީހުންނަށް ވަނީ އަނިޔާވެފައެވެ. އަދި އެމީހުންނަށް އަންނަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ.

މި ހާދިސާގެ ސަބަބުން އެތައްހާސް ބައެއްގެ ދަތުރު ތަކަށް ވަނީ ބުރޫ އަރާފައެވެ.ޓާމިނަލް ވަންގެ އޮޕަރޭޝަން ހުއްޓިފައިވުމާއި އެކު ގިނަ އަދަދެއްގެ ޕްލައިޓް ވަނީ ކެންސަލް ކޮށްފައެވެ. އަދި އެފްލައިޓް ތަކުން ދަތުރު ކުރަން އުޅުނު ފަރާތްތަކަށް އެހެން ފްލައިޓް ތައް ހަމަޖައްސައިދީ އަދި ބޭނުންނަމަ ރިފަންޑް ދިނުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.

މި ހާދިސާގައި މަރުވި މީހާގެ އާއިލާއަށް 2މިލިއަން ރުޕީސް އަދި އަނިޔާވި ކޮންމެ މީހަކަށް 3ލައްކަ ރުޕީސްގެ ބަދަލެއް ދޭނެކަން ފެޑަރަލް އެވިއޭޝަން މިނިސްޓަރު ވަނީ އިއުލާން ކުރައްވާފައެވެ. މިހާރު ހާލަތު ކޮންޓްރޯލް ކުރެވިފައިވާ ކަމަށާ އެފަދަ އިތުރު ހާދިސާއެއް ހިނގާފާނެ ކަމަށްޓަކައި ތަންތަން އިންސްޕެކްޓް ކުރަމުންދާކަމަށްވެސް މިނިސްޓަރު ވިދާޅުވެފައި ވެއެވެ.

ބުރާސްފަތި ދުވަހަކީ ޑެލްހީ އަށް ވަރަށް ވިއްސާރަ ދުވަހެކެވެ.ވެހުނު ބޯވާރޭގެ ސަބަބުން ގިނަ މަގުތަކެއްގައިވެސް ވަނީ ފެން ބޮޑުވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް