ހިޒްބުއްލާ ހަނގުރާމަ އުދަރެހުން ދައްކާލުމާއެކު އިސްރާއީލުން އެމެރިކާގެ އިތުރު އެހީ ކަށަވަރުކޮށްދޭން އެދިއްޖެ

Loading

Facebook
Twitter
WhatsApp

ފޮކްސް ނިއުސްގެ ޕީޓަރ އެއިޓްކެން ރިޕޯރޓް ކޮށްފައިވާ ގޮތުގައި މިދިޔަ އަންގާރަ ދުވަހު އިސްރާއީލުގެ ދިފާއީ ވަޒީރު ޔޯ ގަލަންޓް ޕެންޓަގަނަށްގޮސް އީރާނާއި އަދި މެދުއިރުމަތީގައި ހަރަކާތްތެރި ވަމުން ގެންދާ އީރާނުގެ ބައިވެރިންނާއި ދެކޮޅަށް ހަނގުރާމަކުރުން ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ގެންދިއުމަށްޓަކައި އެމެރިކާގެ އެހީ ބޭނުންވާކަމަށް ބުނެފިއެވެ. އަދި އެހީތައް މެދުކަނޑާ ނުލުން އެދި އާދޭސްކޮށްފިއެވެ.


އެސޯޝިއޭޓެޑް ޕްރެސްއިން އެމެރިކާގެ ޖޮއިންޓް ޗީފް އޮފް ސްޓާފްއަށް ހަވާލާދީ މީގެކުރިން ބުނެފައިވަނީ މީގެ ދުވަސްކޮޅެއް ކުރިން އީރާނުން އިސްރާއީލަށް ފޮނުވި ބިޔަ ހަމަލާ ނާކާމިޔާބު ކޮށްލުމަށް އެމެރިކާއިން އެހީވެދިން ފަދައިން ހިޒްބުއްލާ އާއި ދެކޮޅަށް ފުޅާވެގެންދާ މި ފަހަރުގެ ހަނގުރާމަ އެއްގައި އިސްރާއީލު ދިފާއުކުރުމަކީ އެމެރިކާއަށް ކުރެވިދާނެކަމެއް ކަމުގައި ނުބެލެވޭ ކަމަށެވެ.
އިސްރާއީލުގެ ވަޒީރުގެ ވާހަކައިގާ އެމެރިކާއަށް ހަނދާންކޮށް ދީފައިވަނީ އަހަރެމެންނަކީ އެއްބައެއް ކަމަށާއި ފާއިތުވެގެން މިދާ ޒަމާންތަކުގެ ތާރީޚުން އެކަން ރަނގަޅަށް އެނގޭނެކަމަށެވެ. މިއަދު އިސްރާއީލަށް ނިކުމެ މި ތިބެވުނީ ހަތަރު އަނގޮޅިއަކަށެވެ.
އަހަރެން އައިސްމިހުރީ އަހަރެމެންނަށް މިކަން ކާމިޔާބު ކުރެވޭނެ ގޮތްތަކާއި ދޭތެރޭ މަޝްވަރާކުރާށެވެ. އިސްރާއީލުގެ ރައްކާތެރިކަން ކަށަވަރު ކުރުމާއެކު އަހަރެމެންގެ އެއްބައިވަންތަކަން އުސް ހަރުފަތަކަށް ގެންދިއުމުގެ ބޭނުމުގައެވެ.
މިދިޔަ ހަފުތާގައި އިސްރާއީލުންވަނީ ހިޒްބުއްލާ އާއި ދެކޮޅަށް ބޮޑު ހަނގުރާމައަކަށް ދާންޖެހިދާނެކަން އިއުލާން ކޮށްފައެވެ. މި ޙާލަތު އުފެއްދުމަކީ ހިޒްބުއްލާ އިން ކުރި ކަމެއް ކަމުގައިބުނެ އައި ޑީ އެފް ގެ ތަރުޖަމާނު ވަނީ ހިޒްބުއްލާހ އަށް ބަދުނާމުގެ އިނގިލި ދިއްކޮށްފައެވެ.
އިސްރާއީލުގެ ދިފާއީ ވަޒީރާއި ބޮޑުވަޒީރު ބޭނުންވަނީ ހިޒްބުއްލާހ ގެ ދެކޮޅުވެރިކަން އިސްރާއީލުން ބޭނުންވާ ގޮތަށް ސިޔާސީ ގޮތުން ހައްލެއް ހޯދުމަށެވެ. އެހެންނަމަވެސް ހަނގުރާމަ ކުރަންޖެހިއްޖެ ހާލަތެއްގައި އަހަރެމެން ފަސްނުޖެހޭނެ ކަމަށާއި ކިތަންމެ ގިނަ ބަޔަކާއި ދެކޮޅަށްވެސް އަހަރެމެން ހަނގުރާމަކުރުމުގައި ފަސް ނުބަލާނެކަން އިސްރާއީލުގެ ރައްޔިތުންނަށް ޔަގީން ކޮށްދޭ ކަމަށެވެ.
އެމެރިކާގެ ޖޮއިންޓް ޗީފް އޮފް ސްޓާފް ޗާލްސް ކިޔޫ ބްރައުން ޖޫނިއަރ ދީފައިވާ އިންޒާރުގައި ބުނެފައިވަނީ އިސްރާއީލުން ހިޒްބުއްލާ އާއި ދެކޮޅަށް ކުރާ ހަނގުރާމައެއްގެ ތެރެއަށް އެމެރިކާއިން ވަދެއްޖެނަމަ ހިޒްބުއްލާ އާއި އެއްކޮޅަށް އީރާނުން ބައިވެރިވުމަކީ ވަރަށް ނުރައްކާތެރި ހާލަތަކަށް މެދުއިރުމަތި ވެއްޓިގެން ހިނގައިދާނެ ކަމެކެވެ. އަދި އެފަދަ ދެކޮޅުވެރިކަމެއްގެތެރެއަށް ލެބަނަން ވެއްދުމުގެ ނަތީޖާވެސް ރަނގަޅު ނުވާނެކަމަށް ބްރައުން ބުނެފައި ވެއެވެ. އޭގެތެރެއަށް އެމެރިކާގެ ފައުޖުތައް ވަނުމުން ނިކުމެދާނެ ނަތީޖާއާދޭތެރޭ ވިސްނަން ޖެހޭނެއެވެ.
ބްރައުންގެ ވާހަކަތަކާ ގުޅިގެން ޔޯ ގަލަންޓަށް ބުނަން އެނގުހާވެސް އެއްޗަކީ މުޅިދުނިޔެއަށްވެސް އޮތް އެންމެ ބޮޑު ބިރަކީ އީރާނެވެ. މިހެންނެވެ. އީރާނުން ނިއުކްލިއަރ ހަތިޔާރު އުފެއްދުން ހުއްޓުވުން އެމެރިކާއިން ކަށަވަރުކުރަންޖެހޭ ވަގުތުވެސް މިއޮތީ ކުޑަތަންވެފައެވެ.
ސިޔާސީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ދުނިޔޭގެ ކުރިމަތީގައި އަހަރެމެންނަށް މެދުވެރިވަމުން އަންނަ ހުރަސްތައް ގިރާކުރުމުގައި އެކުގައި ކުރިމަތިލާންޖެހޭ ވަގުތަކީވެސް މިއީއެވެ. ރަޙްމަތްތެރިންގެ މެދުގައިވެސް ދެބަސްވުން އުފެދޭނެއެވެ. އެ ދެބަސްވުންތައް އެއްފަރާތަކޮށްފައި އަހަރެމެންގެ ގުޅިފައިވާ ކާމިޔާބީއާ ދޭތެރޭ ވިސްނަންވީ އެންމެ މުނާސަބު ވަގުތަކީވެސް މިއީއެވެ.
އެމެރިކާއާއި އިސްރާއީލުން މިހާރު ވަނީ އީރާނާބެހޭގޮތުން އަޅަން ބޭނުންވާ ފިޔަވަޅުތަކާދޭތެރޭ މަޝްވަރާކުރުމަށް ސްޓްރާޓީޖިކް ކޮންސަލްޓެޓިވް ގުރޫޕުގެ ބައްދަލުކުރުން ޖުލައި މަހުގެ މެދުތެރެއަށް ތާވަލް ކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް