ކަރެކްޝަންގެ 13 މުވައްޒަފަކު ހައްޔަރުކޮށްފި

Loading

Facebook
Twitter
WhatsApp

ފޯނާއި މަސްތުވާތަކެތި ޖަލުތަކުގައި ތިބޭ ގައިދީންނަށް ވައްދައިދޭ ކަމުގެ ތުހުމަތުގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންތަކެއް ހޯދައި ހައްޔަރުކުރުމަށް ފުލުހުން ރޭ ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ކަރެކްޝަންގެ 13 މުވައްޒަފަކު ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް، އަބްދުﷲ ޝަރީފް ވިދާޅުވީ، ކަރެކްޝަންސްގެ މުވައްޒަފުން ގުޅިގެން ޖަލުތަކަށް މަސްތުވާތަކެތި ވައްދާ ކަމަށް ލިބުނު މައުލޫމާތާއި ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި ކަރެކްޝަނުގެ 18 އޮފިސަރުންގެ ބައިވެރިވުން އެކަމުގައި ހިމެނޭކަން ފާހަގަވެފައިވާ ކަމަށެވެ. މިގޮތުން އެ މުވައްޒަފުންގެ އެކައުންޓްތަކަށް އާދަޔާ ހިލާފަށް ފައިސާ ޖަމާވެފައި ހުރިކަން ފާހަގަވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މިކަމަށް އިޝާރާތްކޮށް ފުލުހުން މިއަދު ބުނީ ކަރެކްޝަންސް އާ ގުޅޭގޮތުން ކުރިއަށްގެންދާ އޮޕަރޭޝަންގައި އެތާގެ 13 މުވައްޒަފުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އެގޮތުން ނުވަ މީހަކު މާފުށިން ހައްޔަރުކޮށްފައި ވާއިރު ކާށިދޫން ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި އުތީމުންނާއި މާލެ އިންވެސް އެކަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް، އަބްދުﷲ ޝަރީފް ވިދާޅުވީ، ކަރެކްޝަންސްގެ މުވައްޒަފުން ގުޅިގެން ޖަލުތަކަށް މަސްތުވާތަކެތި ވައްދާ ކަމަށް ލިބުނު މައުލޫމާތާއި ގުޅިގެން މިހާތަނަށް ބެލި ބެލުމުން އެކަމުގެ ތުހުމަތު ކުރެވޭ 18 މުވައްޒަފުންގެ އެކައުންޓުން ގާތްގަނޑަކަށް 73 މިލިއަން 6 ލައްކަ ރުފިޔާ އެކި ފަހަރު މަތިން، މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް ޖަމާވެފައިވާ ކަމަށެވެ.

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް