ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް މިނިވަން ދުވަހުގެ ކުޅިވަރުތައް ނުބާއްވަން ނިންމައިފި

Loading

Facebook
Twitter
WhatsApp

ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް މިނިވަން ދުވަހުގެ ކުޅިވަރުތައް ނުބާއްވަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ރައީސް މުޢިއްޒު މިކަންހާމަކުރެއްވީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް އަދި ޚާއްސަކޮށް ރިކަރަންޓް ޚަރަދުތައް ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމަވާފައިވާކަން ހާމަކުރައްވާ މީސްމީޑިޔާގައި މިރޭ ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް މުޢިއްޒު ވިދާޅުވީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް އަޅުއްވާ ފިޔަވަޅުތަކުގެ ތެރޭގައި ސިޔާސީ މަޤާމުތައް މަދުކުރުމާއި، އެކި މުނާސަބަތުތަކުގައި ބާއްވާ ޙަފުލާތަކަށް ކުރާ ޚަރަދުތައް ކުޑަކުރުން ނުވަތަ ނުބޭއްވުން ހިމެނޭކަމަށެވެ. އެގޮތުން ކުރިޔަށް އޮތް މިނިވަން ދުވަހު ފުޅަނދުބުރާއި، ކުޅިވަރުތަކާއި ރިޝެޕްޝަން ފަދަ ކަންކަން ނުބޭއްވުމަށް ނިންމާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ހަމައެހެންމެ މިނިވަން ދުވަސް ފާހަގަކުރުމަށް ހަމައެކަނި ޖަލްސާއެއް ބާއްވައި ޚަރަދުތައް އެތައް ގުނައަކުން ކުޑަކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާކަމުގައި ވެސް ރައީސް ވިދާޅުވެފައިވެއެވެ. މީގެ އިތުރުން ވެސް ދައުލަތުގެ ޚަަރަދު ކުޑަ ކުރުމަށް ގިނަ ފިޔަވަޅުތަކެއް ކުރިޔަށް އޮތް ދުވަސްތަކުގައި އަޅުއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައި ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް