ހިޔާ ފުލެޓެއްގެ ތެރޭގައި ކުއްޖަކަށް އަނިޔާކުރާ މައްސަލައެއް ފުލުހުން ބަލަން ފަށައިފި

Loading

Facebook
Twitter
WhatsApp

ހިޔާ ފުލެޓެއްގެ ކޮރިޑޯތެރޭގައި ކުއްޖަކަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވުމާއެކު ފުލުހުން އެ މައްސަލަ ބަލަން ފަށައިފިއެވެ.

އެގޮތުން މިކަމާއި ގުޅިގެން ފުލުހުން ބުނީ ހިޔާ ފްލެޓެއްގެ ކޮރިޑޯގައި މީހަކަށް އަނިޔާކުރާ ވީޑިއޯއެއް 19 ޖޫންގައި ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ.

ނަމަވެސް މިހާތަނަށް ކުރި މަސައްކަތުން އެއީ ކޮން ބައެއްކަން ދެނެގަނެވިފައިނުވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ. އެހެންކަމުން އެ ވީޑިއޯއާއި ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ފުލުހުންނާ ހިއްސާކޮށްދިނުމަށް ވަނީ އެދިފައެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއިން ހިޔާ ފްލެޓެއްގެ ކޮރިޑޯގައި މީހަކު ކުޑަކުއްޖަކަށް އަނިޔާކޮށް ބިންމައްޗަށް ވައްޓާލާ ކޮޅުފައިން ތަޅާ މަންޒަރު ފެނެއެވެ. އަދި އެ ކުއްޖާގެގައިގައި ތަޅަމުން ދިޔަ އިރު އެތާގައި އިތުރު ބަޔަކު ތިބިތައް ފެނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް