ހޭނުނައްތާ ކިޑްނީ ބަދަލުކުރުމުގެ އޮޕަރޭޝަނެއް ކޮށްފި

Loading

Facebook
Twitter
WhatsApp


ބޭސްފަރުވާ ކުރުމުގައި ހާސިލްވި މުހިންމު ކުރިއެރުމަކާއެކު، އެމެރިކާގައި ޕޭޝަންޓް ހޭނުނައްތާ ކިޑްނީ ބަދަލު ކުރުމުގެ އޮޕަރޭޝަނެއް ކޮށްފި އެވެ.ޗިކާގޯގެ ނޯތުވެސްޓަރން މެޑިސިން ހޮސްޕިޓަލްގައި މި އޮޕްރޭޝަން ކުރި ޖޯން ނިކޮލަސް ވެގެން ގޮސްފައިވަނީ ހޭނުނައްތާ ކިޑްނީ ބަދަލު ކުރުމުގެ މުޅި އޮޕަރޭޝަން ކުރި ފުރަތަމަ މީހާ އަށެވެ. އަދި އޭނާވަނީ ޖެހިގެން އައި ދުވަހު ހޮސްޕިޓަލުން ދޫވެސް ކޮށްލާފައެވެ. އޭނާ ހޮސްޕިޓަލުން ނިކުތީ ވެސް ހިނގާފައި ކަމަށްވެސް ވެއެވެ.


ކިޑްނީ ބަދަލުކުރާ އެހެން މީހުން ހަފްތާއެއްހާދުވަހު ހޮސްޕިޓަލްގައި ތިބެން ޖެހޭއިރު ނިކޮލަސް ދޫކޮށްލާފައިވަނީ އޮޕަރޭޝަން ކުރިތާ 24 ގަޑިއިރަށް ފަހުއެވެ.
ނިކޮލަސްގެ އޮޕަރޭޝަން ކުރުމަށްޓަކާ ހޭނުނެއްތި ނަމަވެސް އުނަގަނޑުމަތި އައްސި ކުރި ކަމަށްވެއެވެ. އަދި ކޮންމެވެސް ވަރަކަށް ނިދޭގޮތް ހެދިކަމަށްވެއެވެ. އޭނާގެ މުޅި އޮޕަރޭޝަން އަށް ދެގަޑިއިރުވެސް ނުނަގާކަމަށް ޑޮކްޓަރުން ބުނެފައި ވެއެވެ.
އުމުރުން 28 އަހަރުގެ ނިކޮލަސް ފަހުން މީޑިޔާ އަށް ބުނެފައިވާ ގޮތުގައި އޭނާ އަށް މިހާރު ކުރިން ނުކެވޭ އެތައް ބާވަތެއްގެ ކާނާ ކެވެއެވެ. މިގޮތުން އޭނާގެ އެންމެ ފޭވަރިޓް ޕިއްޒާވެސް ކެވޭ ކަމަށް އޭނާ ބުނެފައި ވެއެވެ. އަދި އޭނާ މިހާރު ގަވާއިދުން ކަސްރަތުވެސްކުރާ ކަމަށާ، ދުވާލަކު 10ހާސް ފިޔަވަޅު އަޅާކަމަށް އޭނާ ބުނެފައި ވެއެވެ.
އުމުރުން 16 އަހަރުން ފެށިގެން ނިކޮލަސް އައީ ކިޑްނީގެ މައްސަލަ ތަކާ ކުރިމަތިލަމުންނެވެ. އަދި އެންމެ ފަހުން ބަދަލު ކުރަން ޖެހޭ ހަމަޔަށް ގޮސްފައި ވެއެވެ. އޭނާޔަށް ކިޑްނީ ދީފައިވަނީ އޭނާގެ ބެސްޓް ފްރެންޑް އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް