ގައު ހުދުވާ މައްސަލައިގައި ސައިންސްވެރިން އަނެއްކާވެސް ކަންބޮޑުވުން ފާޅު ކުރަންފަށައިފި

Loading

Facebook
Twitter
WhatsApp

ދުނިޔޭގެ އެންމެ ބޮޑު ކޮރަލްރީފް ސިސްޓަމް ކަމަށްވާ ގްރޭޓް ބެރިއަރ ރީފް ގައި ހިމެނޭ ބޮޑު ފަރެއްގެ 97 އިންސައްތަ ގައު ހުދުވެފައިވާތީ ފެނުމުން ސައިންޓިސްޓުން އެކަމުގެ ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

ގްރޭޓް ބެރިއަރ ރީފް ގައި 100އެއްހާ ޖަޒީރާއާއި އެކު 2900 ބޮޑެތި ފަރުތައް ހިމެނޭއިރު މިހާރު ފެނިފައިމިވަނީ ގައު ހުދުވުމުގެ އެންމެ ސީރިއަސް މައްސަލަ ކަމަށް ސައިންސްވެރިން ބުނެފައި ވެއެވެ. އަދި މިހާރު ގެންދަނީ މައްސަލަ ފެނުނު ލިޒަރޑް އައިލަންޑް ގެ ފަރުތައް ޑްރޯން ފޮޓޯތައް ބޭނުން ކޮށްގެން އިތުރަށް ދިރާސާ ކުރަމުންނެވެ. އަދި މިދިޔަ ހޫނު މޫސުމުގައި ކުރިމަތިވި ގައު ހުދުވުމުގެ ހާދިސާގެ ތަފްސީލްތައް ވީހާވެސް އަވަހަކަށް ފޯރުކޮށް ދިނުމަށް އޮސްޓްރޭލިޔާގެ ސަރުކާރަށް ވަނީ އަންގާފައެވެ.


ގައު ހުދުވަނީ ކަނޑުގެ ލޮނުގަޑުގެ ފިނިހޫނު މިނަށް އަންނަ ކުއްލި ބަދަލުގެ ސަބަބުންނެވެ. ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުގެ ސަބަބުން މިފަދަ ބަދަލުތައް އަންނަމުން ދާތީ ވަރަށް ބޮޑަށް ކަންބޮޑުވުން ވަނީ އުފެދިފައެވެ.
ފަރަކީ ޖަޒީރާ ރައްތައް ދެމިއޮތުމަށް މުހިންމު ބަޔަކަށް ވާއިރު ފަރުގެ ގައުތައް މަރުވެ، ގައުހުދުވުމުގެ ސަބަބުން ފަރުތައް ނެތިގޮސް އެކަމުގެ ނޭދެވޭ އަސަރު ޖަޒީރާތަކުގެ ދެމިއޮތުމަށް ކުރާނެކަމަށް ވަރަށް ބޮޑަށް ދަނީ ބެލެމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް