އާމްދަނީ ނެތި ދަރަނި ދެއްކޭނީ ހަރުމުދާ ވިއްކައިގެން: އިބްރާ

Loading

Facebook
Twitter
WhatsApp

އާމްދަނީ ނެތި ދަރަނި ދެއްކޭނީ ހަރުމުދާ ވިއްކައިގެން އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާޢީލް (އިބްރާ) ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިބްރާ ވިދާޅުވީ ހިސާބުތަކުން ފެންނަނީ ސަވަރިން ފަންޑަށް 54 މިލިއަން ޑޮލަރު ޖަމާކޮށް، 13 ބިލިއަންގެ ރުފިޔާގެ ދަރަނި ދެއްކިއިރު ބަޖެޓުން ޚަރަދުވީ 18 ބިލިއަން ރުފިޔާކަމަށް ކަމަށެވެ.

އާމްދަނީއާއި ޚަރަދުގެ ފަރަގު ފޫބެއްދި ގޮތެއް ވެސް ސަރުކާރުން ވިދާޅުވާންޖެހޭ ކަމަށާއި އާމްދަނީ ނެތި ދަރަނި ދެއްކޭނީ ހަރުމުދާ ވިއްކައިގެން ކަމަށް ވެސް އިބްރާ ވިދާޅުވިއެވެ.

އިބްރާ މިހެން ވިދާޅުވެފައި މިވަނީ އެއްވެސް ލޯނެއް ނުނަގައި 4 ބިލިއަން ރުފިޔާ ކުންފުނިތަކަށް ދައްކައި ނިންމާފައިވާ ކަމަށާއި ސަރުކާރުގެ އެކިއެކި ކުންފުނިތަކަށް މީގެއިތުރުން 7 ބިލިއަން ރުފިޔާ ދައްކައި އަދި ބޭރުގެ ދަރަންޏަށް 2.7 ބިލިއަން ރުފިޔާ ދައްކައި ޚަލާސްވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވުމާ ގުޅިގެންނެވެ.

ރައީސް ވިދާޅުވީ ވެރިކަމަށް ހަތްމަސްވާއިރު ޖުމްލަ 13 ބިލިއަން ރުފިޔާ ދައްކައި ޚަލާސް ކުރީ ފައިސާ ޗާޕުކުރުން ހުއްޓާލައި, ބޮޑެތި އިންޓްރެސްޓް ރޭޓުތަކުގައި އެއްވެސް ލޯނެއް ނުނަގައި ކަމަށެވެ.

Loading

One Response

  1. ރައީސް އަކީ ޖާދޫގަރެކެވެ. ހަމަ ވެރިކަން ހޯއްދެވީ ވެސް އެފަދަ ޖާދުވީ ގޮތަކަށެވެ. އެމްޕީއެލް އާއި ދައުލަތުގެ ތަންތަން ވިއްކައިގެން ފައިސާ ހޮއްދަވާނެއެވެ. އެހެނީ އެ ތަކެއްޗަކީ އެބާގެ އެއްވެސް ދަލެއް އޮރުމެއްނެތި ލިބިފައިވާ ތަކެތިކަމުގައި ދެކެވޭތީއާއި ތިމާގެ މައިންބަފައިންގެ ތަރިކަ ކަމުގއިވެސް ނުވާތީއެވެ. ދައުލަތުގެ މުދަލާއި ތަކެތި އެއީ ރައްޔަތުންގެ މުދަލާއި ތަކެއްޗެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް