މެލޭޝިޔާ އެއާލައިންސް ބޯޓެއް ޔޫ-ޓަރނެއްނަގާ އަނބުރާ ޖައްސައިފި

Loading

Facebook
Twitter
WhatsApp

ބެންކޮކްއަށް ދިއުމަށްޓަކާ މެލޭޝިޔާގެ ކުއާލަލަންޕޫރުން ފުރި މެލޭޝިޔާ އެއާލައިންސްގެ މަތިންދާބޯޓެއްގެ އެތެރޭގެ ޕްރެޝަރަށް މައްސަލަ ދިމާވުމުގެ ސަބަބުން ޔޫ ޓަރނެއްނަގާ އަނބުރާ މެލޭޝިޔާގައި ޖައްސައިފި އެވެ. 164 ފަސިންޖަރުންނާ 12 ކްރޫ އާއި އެކު ދަތުރު ކުރި އެމްއެޗް780 ފްލައިޓް އަށް މައްސަލަ ކުރިމަތިވުމަށްފަހު އަނބުރާ ޖައްސާފައިވަނީ ފުރިތާ ދެގަޑިއިރު ވެފައިވަނިކޮށެވެ.

ބޯޓުގެ އެތެރޭގެ ޕްރެޝަރ ދަށްވި ނަމަވެސް އޮކްސީޖަން މާސްކް ބޭނުން ކުރާ ވަރު ނުވާކަމަށް ވެއެވެ.ނަމަވެސް މިހެން ދިމާވި ސަބަބު ބަލަން ފަށާފައިވާ ކަމަށް މެލޭޝިއަން އެއާލައިންސް ގެ ތަރުޖަމާން ބުނެފައި ވެއެވެ.

ހޯމަ ދުވަހުގެރޭ 18:17ގައި ބެންކޮކް އަށް ދިއުމަށްޓަކާ ފުރިބޯޓު 40 ހާސް ފޫޓުމައްޗަށް އުދުހިފައި ވަނިކޮށް ބޯޓަށް އިމަރޖެންސީއެއް ކުރިމަތި ވެއްޖެ ކަމަށް ޕައިލެޓުން އިއުލާން ކުރިއެވެ. އޭރު އަދި ބޯޓު އޮތީ މެލޭޝިޔާގެ ސަރަހައްދުގައެވެ.އެއަށްފަހު ވަގުތުން ބޯޓު އަބުރާލާ ފުރިތަނުގައި ސަލާމަތުން ޖައްސާފައި ވެއެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް