ކުޅުދުށްފުށި އިލާ ކްލިނިކުން ވައްްކަން ކުރި މީހާ ހައްޔަރުކޮށްފި

Loading

Facebook
Twitter
WhatsApp

ކުޅުދުށްފުށި ސިޓީ އިލާ ކްލިނިކުން ވައްކަންކޮށްފައިވާ މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ކުޅުދުށްފުށީ އިލާ ކްލިނިކުން ވައްކަންކޮށްފައިވާ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 26 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އޭނާ ހައްޔަރުކުރީ އިއްޔެގެ ވަގުތެއްގައި ކަމަށް ފުލުހުން ބުންޏެވެ.

ކްލިނިކުން ވަގަށް ނެގި ތަކެތި ހޯދުމަށް ކުޅުދުށްފުށީ ފުލުހުން ކުރި މަސައްކަތުން އިއްޔެ އެ ތަކެތި ހޯދައި ވެރި ފަރާތާ ހަވާލުކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

އިލާ ކްލިނިކުން ވަގަށް ނެގި ސާމާނުތައް. ފޮޓޯ: ކުޅުދުށްފުށި.ކޮމް

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް