ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިޔާ ބަކާގެ ހާލު ގޯސްވެ އައިސީޔޫގައި ފަރުވާދެނީ

Loading

Facebook
Twitter
WhatsApp

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ މިޑްފީލްޑަރު މުޙައްމަދު ޢާރިފް (ބަކާ) ގެ ހާލު ގޯސްވެ އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.

މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށްފަހު މީގެ ދެދުވަސް ކުރިން ރާއްޖެ އައި ބަކާއަށް ފަރުވާދެމުންދަނީ އޭޑީކޭ ހޮސްޕިޓަލުގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން އުމުރުން 38 އަހަރުގެ ބަކާގެ ހާލު ސީރިއަސްވީ ގަދަޔަށް ހުންއައިސްގެންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން ބަކާ މިހާރު އޮތީ ވެންޓިލޭޓަރުގައެވެ.

ޑޮކްޓަރުންނާ ހަވާލާދީ ބަކާގެ ގާތް މީހަކު މައުލޫމާތު ދިން ގޮތުގައި ބަކާގެ ހާލު އަންނަނީ މަޑުމަޑުން ރަނގަޅުވަމުންނެވެ.

މުޙައްމަދު ޢާރިފް (ބަކާ) . ފޮޓޯ: މިހާރު

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް