އަޅުގަނޑުމެންނަކީ ޒާތީ ކަމެއްގަ އުޅޭ ބައެއް ނޫން, މިއީ ސަރުކާރު ޖަވާބުދާރީ ކުރުވާނެ ބައެއް: ޔާމީން

Loading

Facebook
Twitter
WhatsApp

އެމަނިކުފާނާއި އެމަނިކުފާނު އަރިހުގައި މިވަގުތު ތިބި ބޭފުޅުންނަކީ ޒާތީ ކަމެއްގަ އުޅޭ ބައެއް ނޫން ކަމަށާއި މިއީ ސަރުކާރު ޖަވާބުދާރީ ކުރުވާނެ ބައެއް ކަމަށް ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް މިރޭ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޕީއެންއެފްއިން މިހާރު ބާއްވަމުންދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޖަލު ހުކުމާ ގުޅިގެން މީގެކުރިން ޕޯޑިއަމްގައި ވާހަކަފުޅު ދައްކަވަން ހުއްދައެއް ނެތް ކަމަށާއި ނަމަވެސް މިއީ ހުއްދަ ލިބުނު ފަހުން ޕޯޑިއަމްއެއް ކައިރީ ހުއްޓިވަޑައިގެން ވާހަކަފުޅު ދައްކަވަން ލިބިވަޑައިގަންނަވާ ފުރަތަމަ ފަހަރުކަން ފާހަގަކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ “އަޅުގަނޑުމެންގެ ސަރުކާރެއްކަމަށް ގަބޫލުކުރި ސަރުކާރު އައިމަ ވެސް“ ވާހަކަފުޅު ދެއްކެވުމުގެ ފުރުސަތެއް ނުދެއްވާ ކަމަށެވެ.

އެމަނިކުފާނު މިނިވަންވީ މި ސަރުކާރުގެ މަސައްކަތަކުން ނޫން ކަމަށާއި މިއީ އެމަނިކުފާނާއި އެމަނިކުފާނުގެ ލޯޔަރުންގެ މަސައްކަތުން މިނިވަންވީމާ ލިބިވަޑައިގެންނެވި ފުރުސަތެއް ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.

“އެހެންވީމަ އަޅުގަނޑުމެންގެ ސަރުކާރު ކަމަށް ގަބޫލުކުރެވޭ ސަރުކާރުން އަޅުގަނޑު ވީއްލާކަށް ވެސް މަސައްކަތެއް ނުކުރޭ. މީ އަޅުގަނޑަށް ތާއީދުކުރައްވާ ރައްޔިތުންނަށް އެނގިވަޑައިގަންނަވަންޖެހޭ ކަންކަން.“

އެބޭފުޅުން ކޮންމެ ގޮތަކަށް ވާހަކަ ދައްކަވަން މަސައްކަތް ކުރެއްވިޔަސް މީ ވަތަނީ ޕޯޑިއަމެއް ކަމަށާއި މީ ތެދުބަހުން ވާހަކަ ދައްކާ ޕޯޑިއަމެއް ކަަމަށް ޔާމީން ވިދާޅުވިއެވެ.

“އަޅުގަނޑުމެންގެ ޕްރޮޕެގެންޑާއެއް ނޯންނާނެ“

އަޅުގަނޑުމެންނަކީ އެމްޑީޕީ ވެސް ޖަވާބުދާރީ ކުރުވާނެ ބައެއް ކަމަށާއި އަޅުގަނޑުމެންނަކީ އިންޑިއާ ވެސް ޖަވާބުދާރީ ކުރުވާނެ ބައެއް ކަމަށާއި އަޅުގަނޑުމެންނަކީ އަޅުގަނޑުމެންގެ ސަރުކާރު ކަމަށް ގަބޫލުކުރާ ޑރ.މުޢިއްޒުގެ ސަރުކާރު ވެސް ޖަވާބުދާރީ ކުރުވާނެ ބައެއް ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.

Loading

One Response

  1. ޚިޔާލަކީ ތަފާތުއެއޗެެއް ވިސްނުމަކާ ބެހޭ ކަމެއްވެސް ނޫން ! ޔާމީނަށް
    ވެރިކަމަށް ކުރިމަތި ނުލެވުނުކަން ބަންދުކުރެވުނު ކަން ފުރުޞަތުގެއްލު
    ވާލީ ކާކުކަމެއް ޔާމީނަށް ނޭގުނުކަން މިވަރުވެގެންވެރިކަމެއްނުކުރެވޭނެ
    ކަން……… ޯޕ

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް