މާލެއިން ގެއްލިގެން ހޯދަމުންދިޔަ 18 އަހަރުގެ ޒުވާނާ ފެނިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.
މިދިޔަ ހުކުރު ދުވަހުންފެށިގެން ގެއްލިގެން ހޯދަން އިއުލާނު ކުރީ ހުސެއިން ޒިހާން (18އ)/ މާލެ، ހ. ބްލޫޑްރީމް އެވެ. އާއިލާއާ ހަވާލާދީ ފުލުހުން މިއަދު ބުނީ ޒިހާން އެންމެ ފަހުން ފެނިފައިވަނީ ހުކުރު ދުވަހު، އޭނާ ދިރިއުޅޭ ގެއިން ކަމަށެވެ.
މިކަމާ ގުޅޭގޮތުން ފުލުހުން ދެންމެ ބުނީ ޙުސެއިން ޒިހާން މާލެއިން ވަނީ ފެނިފައި ކަމަށެވެ.
އަދި އޭނާ ފެނުނު އިރު ހާލު ރަނގަޅު ކަމަށް ފުލުހުން ހާމަކުރެއެވެ.
މާލެއިން ގެއްލިގެން ހޯދަމުންދިޔަ 18 އަހަރުގެ ޒުވާނާ ފެނިފައި ވާއިރު،މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން ހޯދަމުން އަންނަ ޏ.ފުވައްމުލައް ދިގުވާނޑު / އެފްރޯ، އަހްމަދު އިޔާޝް ވަސީމް (24އ) އެއްވެސް ޚަބަރެއް އަދި ވެފައެއް ނުވެއެވެ.