ކާފަގެ ފިލާވަޅު ފޮތުން ސަފުހާއެއް

Loading

Facebook
Twitter
WhatsApp


އެއްދުވަހަކު ކުޑަ އަންހެން ކުއްޖަކު އޭނަ ކާފަ ކައިރީގައި ބުންޏެވެ. އަޅުގަނޑަށް އިބްރަތަކަށް ވާކަހަލަ ވާހަކަ އެއް ކިޔާދެއްވަ ބައްލަވާށެވެ. ބުނީމަ ކާފަ ބުންޏެވެ. އާނ ވާހަކަ އެއް ކިޔާދީފާނަމެވެ. އެކަމަކު އޭގެ ކުރިން ދަރިފުޅު ކަމެއް ކޮށްދޭން އެބަޖެހެއެވެ. އެކަމަކީ ކާފަ ގެންގުޅޭ އަސްދޫންޏެއް ރަން ބިހުގެ ހަ ބިސް އަޅައިފި ކަމަށް ހިސާބު ގަނޑު އަވަށްޓެރިން ކައިރީ ގޮސް ބުނެދިނުމެވެ.


ކާފަ އެގޮތަށް ކަންތައް ކުރަން ބުނީ ކިއްވެގެންކަން ނޭނގުނު ނަމަވެސް އެކުއްޖާ ކާފަ ކިޔާދިން ގޮތަށް ކަންތައް ކޮށްފިއެވެ. އަދި ކާފަޔަށް މަރުހަބާކިއުމަށް މީހުން އަންނާނެ ކަމަށް ހީކޮށް ރޭވަންދެން ތިބި އިރުވެސް އެކަކުވެސް ނާދެއެވެ.
ކުއްޖާ ހައިރާން ވިއެވެ. އަދި އެކަމާބެހޭގޮތުން ކާފަޔާ ސުވާލު ކުރިއެވެ. ނަމަވެސް އެވަގުތު ކާފަ އެކައްޗެއްވެސް ނުބުނެއެވެ.
އަނެއްދުވަހު ހެނދުނު ކާފަ ބުންޏެވެ. ދަރިފުޅު މިއަދު ގޮސް ބުނަންވީ އެހެން ވާހަކަ އެކެވެ. ރޭގަ ވަގަކު އައިސް ކާފަގެ މުޅިގެ ހަލާކު ކޮށް ރަންބިސްއަޅާ އަސްދޫނިވެސް މަރާލާ ރަންބިސްތައް ވަގަށް ގެންގޮއްސިއޭ ބުނާށެވެ. އަދި ކާފަގެ ހުރިހާއެއްޗެއް ގެއްލިއްޖެއޭ ބުނާށެވެ.
މި ކުއްޖާ މިދުވަހުވެސް ގޮސް ކުރީ ދުވަހު ހެދިގޮތަށް ހިސާގަނޑުގެ އަވަށްޓެރިން ކައިރީ ކާފަ ބުނި ގޮތަށް ބުނެފިއެވެ. ކުއްޖާ އަށް ގެޔަށް އާދެވޭހާ ނުވަނީސް އަވަށްޓެރިންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ޚަބަރު ބެލުމަށްޓަކާ އެގެޔަށް އަތުވެއްޖެއެވެ.
ކުއްޖާ ވަރަށް ހައިރާން ވެއްޖެ އެވެ. އަދި ސުވާލު ކުރިއެވެ. އިއްޔެ ރަންބިސް އެޅި ޚަބަރު ދިނުމުން އެކަކުވެސް ނައިސް މިއަދު އެންމެން އައީ ކީއްވެގެން ތޯއެވެ.
ކާފަ ހީނލާފައި ކިޔާދިނެވެ.މީހަކާބެހޭ ގޮތުން ރަގަޅު ޚަބަރެއް ލިބުނީމަ ގިނަ ފަހަރަށް އެހެންމީހުން ހަނުތިބޭނީ އެވެ. އަޅާ ނުލާނެއެވެ. ނުވަތަ ކަމެއް ނުވާކަމަށް ހަދާނެއެވެ.

ނަމަވެސް ނުރަނގަޅު ޚަބަރެއް ލިބިއްޖެ ނަމަ އެ ޚަބަރު ވަރަށް ބާރަށް ފަތުރާލައެވެ.އަދި ޔަގީން ކުރުމަށްޓަކާ އެތަނަކަށް ދާންވެސް ދާނެއެވެ.އެހެން މީހުންނަށް ދިމާވާ ރަގަޅު ކަންތަކާ އުފާކޮށް އެކަން ފާހަގަ ކުރަން މީހުންނަށް އުނދަގޫ ވެއެވެ. ނަމަވެސް ދެރަކަމެއްވެއްޖެ ނަމަ އެކަން ދެކިލަންވެސް އަންނާނެއެވެ.
ދަރިފުޅުގެ ކޮނޑުގައި އަތް ވަށާލަމުން ކާފަ ވާހަކަ ކުރިޔަށް ގެންދިޔައެވެ. އަހަރުންގެ ވަށައިގެންވާ މީހުންގެ ފަރާތުން އިވޭ އެންމެ ބޮޑު ދޮގަކީ އަހަރުމެންގެ ”ސަކްސެސް“ ނުވަތަ ކާމިޔާބީއާ މެދު އެމީހުން އުފާކުރާ ވާހަކަ އެވެ. ހަގީގަތަކީ ގިނަ މީހުން، ގާތް މީހުންނާއި އަވަށްޓެރިންވެސް އަނެކާ ކުރިއަރާދާކަށް ނޭދޭނެއެވެ.ތިމާޔަށް ވުރެ އަނެކާ ކުރިއަރާތަން ފެނިއްޖެ ނަމަ އެކަން އެމީހުންނަށް ވަނީ ”ތްރެޓް“ ނުވަތަ ބިރަކަށެވެ.އަދި ހަސަދަވެރިވެއެވެ.ތިރިކޮށްލަން ބޭނުންވެއެވެ. އަދި އެކަމަށް ކުރެވެން އޮތްހާ ކަމެއްވެސް ކުރެއެވެ.
މިކަން އަބަދުވެސް ހަނދާން ބަހައްޓާށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް