އާރްމީނިއާއިން ފަލަސްތީނުގެ ދައުލަތް ރަސްމީގޮތުން ގަބޫލުކޮށްފި

Loading

Facebook
Twitter
WhatsApp

މިދިޔަ ހުކުރު ދުވަހު އާރްމީނިއާއިން ފަލަސްތީނުގެ މިނިވަން ދައުލަތް ގަބޫލުކޮށްފިކަން އެގައުމުގެ ޚާރިޖިއްޔާއިން އިޢުލާން ކޮށްފިއެވެ.

އިސްރާއީލުން ދެކޮޅު ހަދަމުން ގެންދަނިކޮށް އާރްމީނިއާ ވެގެން މިދިޔައީ މިހާތަނަށް ފަލަސްތީނުގެ މިނިވަން ދައުލަތް ރަސްމީގޮތުން ގަބޫލުކުރިކަން އިޢުލާންކުރި އެންމެ ފަހު ގައުމުކަމަށެވެ.                                                    

އަރްމީނިއާ ހިމެނިފައިވަނީ މިހާރު ހިންގަމުންދާ އިސްރާއީލް- ފަލަސްތީނުގެ ހަނގުރާމަ ވަގުތުން ހުއްޓާލަން ޔޫ އެން. ފާސްކުރި ގަރާރަށް ތާއީދުކުރުމާއި އެކު ފަލަސްތީނުގެ މިނިވަން ދައުލަތަކަށް ވަކާލާތު ކުރަމުން ގެންދާ ގައުމުތަކުގެ ތެރޭގައިކަން ޚާރިޖިއްޔާގެ ބަޔާނުގައި ބުނެފައިވެއެވެ.                                     

އާރްމީނިއާއިން ފަލަސްތީނުގެ ދައުލަތް ރަސްމީގޮތުން ގަބޫލުކުރިކަން އިއުލާން ކުރުމާއި އެކު އިސްރާއީލުގައި ހުންނަވާ އަރްމީނިއާގެ ސަފީރު ވަނީ ދަމާކޫއްތާފައި ( ޑިޕްލޯމެޓިކް ބަހުރުވައިން ބުނާނަމަ ފޯރ އަ ސީރިއަސް ރެޕްރިމާންޑް އަކަށް ) އިސްރާއީލުގެ ޚާރިޖިއްޔާއަށް ހާޒިރު ކޮށްފާ ކަމަށް އަރްމީނިއާގެ ބަޔާނުގައި ބުނެފައިވެއެވެ.        

އިސްރާއީލުގެ ވަކިތަކުގެ ދަށުގައި ކޮންމެވެސް ސިފައެއްގައި ހުޅަނގު އައްސޭރީގައި ވެރިކަން ކުރަމުން ގެންދާ މަހްމޫދު އައްބާސްގެ ސަރުކާރުންވެސް ވަނީ އާރްމީނިޔާއިން ފަލަސްތީނުގެ މިނިވަން ދައުލަތް ގަބޫލުކުރިކަން އިޢުލާނު ކުރުމުން އުފާކޮށް މަރުޙަބާ ކިޔާފައެވެ.

މަހްމޫދު އައްބާސްގެ ސަރުކާރުން ބުނެފައިވަނީ އާރްމީނިއާއިން ފަލަސްތީނުގެ މިނިވަން ދައުލަތް ގަބޫލުކުރުމުން މެދުއިރުމަތީގެ ސުލްޙަ މަސަލަސް ކަމަށްޓަކައި އިތުރު އުންމީދެއް ލިބިގެން ހިނގައްޖެ ކަމަށެވެ.                                                   

މީގެ ކުރިން ސްޕެއިން ނޯރވޭ އަދި އަޔަރލޭންޑުން ފަލަސްތީނުގެ މިނިވަން ދައުލަތް ގަބޫލުކުރުމުން އައި ރުޅީގައި އެ ގައުމުތަކުގައި ތިބި އިސްރާއީލުގެ ސަފީރުން ވަނީ ގައުމުން ބޭރުކޮށްފައެވެ.                      

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް