ބަރޑް ފްލޫ އިތުރަށް ފެތުރެނީ

Loading

Facebook
Twitter
WhatsApp

ފަސޭހައިން އަރާ އޭވިއަން އިންފްލުއެންޒާ އެއްކަމަށްވާ ”ބަރޑް ފްލޫ“ އެމެރިކާގައި އިތުރަށް ފެތުރެމުންދާކަމަށް ޚަބަރު ލިބެއެވެ.

މިގޮތުން އެމެރިކާގެ 31 ސްޓޭޓް އެއްގައި ބަލި ފެތުރޭ މިންވަރު އިތުރު ވެފައިވާކަން ވަނީ ފާހަގަ ކޮށްފައެވެ.
ގެރިބަކަރި، ކުކުޅާއި ހާލާއި އަސްދޫނީގެ އިތުރުން ވަލުގައި އުޅޭ ދޫންޏަށް އެކަނި ޖެހޭކަމަށް ބެލުނު ދޫނިރޯގާގެ ވައިރަސް މިހާރު އެމެރިކާގެ 31 ސްޓޭޓަކަށް ފެތުރިފައިވާއިރު ދޫނީގެ އިތުރުން ބުޅަލާ ކުއްތާ ފަދަ އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރު ތަކަށްވެސް ބަލި ޖެހެމުން ދާކަމަށް ޚަބަރު ލިބެއެވެ.


އެންމެ ކަންބޮޑުވާ ކަމަކީ ތިން އިންސާނުންނަށް ވެސް މިބަލި ޖެހިފައިވާތީއެވެ. އެހެންކަމުން މީހުން،ޚާއްސަކޮށް އޮޅު ޖަނަވާރު ގެންގުޅޭ މީހުންނަށް މިބަލި ޖެހުން އިތުރު ވެދާނެ ކަމުގެ ބިރު ވަނީ ހީވާން ފަށާފައެވެ.
މިހާތަނަށް އެނގިފައިވާ ގޮތުގައި ބާރަ ސްޓޭޓެއްގެ 90 ވަރަކަށް ބަކަރި އައިނަށް މިބަލި ޖެހިފައިވެއެވެ. ބަލިޖެހޭ ޖަނަވާރުގެ ކިރުވެސް ބޭނުން ކުރަން ކަމުނުދާއިރު ބަލިޖެހޭ ކުކުޅުގެބިސް ވެސް ރައްކާތެރި ނޫން ކަން ވަނީ ހާމަވެފައެވެ.
އޮޅު ޖަނަވާރަށް ބަލިޖެހޭ ނިސްބަތަށް ބަލާއިރު 31 ސްޓޭޓެއްގައި އޮޅު ބުޅަލަށް ބަރޑް ފްލޫ ޖެހިގެން ރިޕޯޓް ކޮށްފައި ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް