އީލޯން މަސްކްއަށް އިތުރު ދަރިއަކު ލިބިއްޖެ

Loading

Facebook
Twitter
WhatsApp


ދުނިޔޭގެ މަޝްހޫރު ބިލިއަނަރ އީލޯން މަސްކް އަށް އިތުރު ދަރިއަކު ލިބިއްޖެ އެވެ. މިފަހަރުގެ ދަރިފުޅު ވިހާފައިވަނީ ނިއުރަލިންކް ގެ ޑިރެކްޓްރެއް ކަމަށްވާ ޝިވޯން ޒިލިސް އެވެ. ދަރިފުޅު ލިބިފައިވަނީ މިއަހަރުގެ ކުރީ ކޮޅު ނަމަވެސް މީޑިޔާއަށް މިކަން ހާމަވެފައިވަނީ ވަރަށް ފަހުންނެވެ.


ޖޫން 23 ވީ އާދީއްތަ ދުވަހު ”ޕޭޖް ސިކްސް“ އާއި ވާހަކަ ދައްކަމުން މަސްކް ބުނީ އޭނާ އެކަން ސިއްރު ނުކުރާ ކަމަށާ އޭނާގެ ފެމިލީ އާއި ރައްޓެހިން ނަށްވެސް އެނގޭ ކަމަށެވެ. އަދި ޕްރެސް ރިލީޒް އެއް ނުނެރުމުގެ މާނައަކީ ސިއްރުކުރުން ނޫން ކަމަށް މަސްކް ބުނެފައި ވެއެވެ.
އެންމެ ފަހުން މަސްކް އަށް މިލިބުނީ އޭނާގެ 12 ވަނަ ދަރިފުޅެވެ. އަދި ޒިލިސް އަށް ލިބުނު އޭނާގެ ތިންވަނަ ދަރިފުޅެވެ.

އަލަށް ލިބުނު ދަރިފުޅުގެ ޖިންސް އަދި ނަންވެސް ހާމަ ކޮށްފައެއް ނުވެއެވެ.
2021 ވަނަ އަހަރުގެ ނޮވެމްބަރުމަހު ޒިލިސް ވަނީ މަސްކް އަށް އެއްމާބަނޑު ދެބެން ވިހާފައެވެ.
އީލޯން މަސްކް އަކީ ދުނިޔޭގެ އާބާދީ ދަށް ވަމުން ދާތީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންދާ ފަރާތެކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް