ކުރީގެ ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާ ޕީއެންއެފްގެ ޖަލްސާއެއް މާދަމާރޭ

Loading

Facebook
Twitter
WhatsApp

ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ޖަލްސާއެއް މާދަމާރޭ އޮންނާނެ ކަމަށް އެ ޕާޓީއިން ބުނެފިއެވެ.

ޕީއެންއެފްގެ ވަގުތީ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު މަލީހު ޖަމާލު ވިދާޅުވީ މާދަމާރޭ އެ ޕާޓީގެ ވަރަށް ފޯރިގަދަ ޖަލްސާއެއް އޮންނާނެ ކަމަށާއި މި ޖަލްސާގައި ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

މިއީ 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބަށްފަހު ޕީއެންއެފްއިން ބާއްވާ ފުރަތަމަ ޖަލްސާއެވެ.

މަލީހު ވިދާޅުވި ގޮތުގައި މި ޖަލްސާ އޮންނާނީ ޕާޓީގެ އާ އޮފީހުގައެވެ.

ރައީސް ޔާމީން އިސްވެ ހުންނަވައި އުފެއްދެވި ޕީއެންއެފްގެ އޮފީސް ކުރިން ހިންގަމުން އައީ ޕީޕީއެމްގެ އޮފީސް ކުރިން ހިންގި ހ.ހުރަފާގައެވެ. ނަމަވެސް ޕީއެންއެފްގެ އޮފީސް މިހާރު ވަނީ ރައީސް ޔާމީންގެ ގެކޮޅު ކަމަށްވާ ހ.ދޫވެހިއަށް ބަދަލުކޮށްފައެވެ. އެގޮތުން އެ އިމާރާތުގެ ފުރަތަމަ ފަންގިފިލާ ޚާއްސަކޮށްފައިވަނީ ޕީއެންއެފްގެ އޮފީސް ހިންގުމަށެވެ.

އިލެކްޝަންސް ކޮމިޝަނުގެ ސިޔާސީ ޕާޓީތަކުގެ ދަފުތަރުގައި ޕީއެންއެފް ރަޖިސްޓްރީކޮށްދިނީ މިދިޔަ އޭޕްރީލު މަހުގެ 25 ގައެވެ. ދަފުތަރުގައިވާ ގޮތުން ޕާޓީގައި ތިބީ ޖުމްލަ 3,000 މެންބަރުންނެވެ.

ރައީސް ޔާމީން ކެމްޕެއިން ހަރަކާތެއްގައި. ފޮޓޯ: ސަން އޮންލައިން

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް