ބޮޑު ޢީދުގެ އާދަކާދަ ތަކުން ހާސަރެއް

Loading

Facebook
Twitter
WhatsApp

ފަސް ދިހަ އަހަރު ދުނިޔޭގައި ހުރުމުގެ ހެޔޮ ތަޢުފީޤު ލިބުނު އިރު ގިނަކަންކަން ފެނި އެނގިއްޖެއެވެ. ބައެއް ކަންކަން އަލުން އުފަންވެ ދިވެހީންގެ އާދަކާދައަށް ވީތަނެވެ.

ދިވެހީންގެ އަމިއްލަ ވަންތަ ސަގާފަތްތައް ނެތި ދިޔުމުގެ ކުލަވަރު އަދި ބައެއް ސަގާފީ ކަންކަން ނެތި ހިނގާދިޔަ ތަނެވެ. ޤައުމުގެ ކަންކަން ރާވާ ހިނގަން ތިއްބެވި ބައެއް ބޭފުޅުންގެ އިހުމާލުންނެވެ. ނުވަތަ ގަޞްދުގައި އެކަންކަން އުވިދިޔަ ދިނީއެވެ.

އެހެނީ އެއީ ކަޓު ކުޅިވަރިތައް ކަމަށް ވިސްނައި ދިނީއެވެ. މިސާލަކަށް ކިޔެވުމަށް ދަށް ކުއްޖާއަށް ހިތްވަރު ދިނުމުގެ ގޮތުން ނުކިޔަވައިފިއްޔާ ދާންޖެހޭނީ މަސްވެރިކަން ކުރާން ކަމަށް ބުނެ މަސްވެރިކަން ދަށް ކޮށްލި ފަދައިންނެވެ.

ބޮޑު ޢީދުގައި ކުޅުނު ބައެއް ހެވި ކަމުގެ ނަލަ ކުޅިވަރުތައް މުޅީން ނެތި ގޮސްފިއެވެ. ދިގު ދަނޑި، ތިން މުގޯލި ފަދަ ކުޅިވަރުތަކެވެ. މުގުދަރު އެނބުރުމަކީވެސް ދިވެހީން ވަރަށް ގަޔާވެގެން ކަސްރަތެއްގެ ގޮތުގައި ކޮށްއުޅުނު ކަމެކެވެ. އެވޭލާ ޒުވާނުން މިފަދަ ކަންކަމުން ހަށިގަނޑު ވަރުގަދަ ކުރިއިރުގައި ދިވެހިރާއްޖޭގައި ޖިމެއް ނުހުރެއެވެ.

މިހުންނަނީ އިހުގައި އަޅުގަނޑުމެންގެ ޒުވާން އުމުރުގައި ޒުވާނުންގެ މެދުގައި ވަރަށް މަގުބޫލު އަދި ލޭކައްކުވާ ކުޅިވަރު ތަކެވެ. ބޮޑު ޢީދުގެ ރޭ ތަކުގައި ހަނދުވަރުގެ ނަލަ އަލީގައި ކުޅުނު ކުޅިވަރުތަކެވެ.

ދިވެހިރާއްޖޭގެ އެކި ރަށްރަށުގައި ބޮޑު ޢީދުގެ ކުޅިވަރުތަކަށް ދީފައިވާ ނަންތަކާ އެ ކުޅިވަރުތައް ކުޅޭ ގޮތް ކުޑަކޮށް ތަފާތު ހުރެއެވެ. އެހެނަސް އެކުޅިވަރުތަކުން ރަށުގެ ރައްޔިތުންގެ މެދުގައި އަވަށު ވާދަވެރިކަމާއި އެހެނިހެން އެއްބައިވަންތަ ކަމުގެ ނަތީޖާ ޙާޞިލުވިއެވެ.

ބޮޑު ޢީދުގައި މިފަހަކަށް އައިސް ނުވަތަ ވޭތުވި ދެތިން އަހަރުގައި ދިވެހިރާއްޖޭގައި ކުލަ ޖަހާ އުޅުނަސް، އެއްވެސް ޒަމާނެއްގައި ދިވެހީން އެއްވެސް ޢީދެއްގައި ކުލަ ޖަހައެއް ނޫޅެއެވެ. މިއީ ދިވެހީންގެ މެދުގައި އިންދި ކުޅިވަރެކޭ ބުނުމުން ދޮގަކަށް ނުވާނެއެވެ. ހަމައެހެންމެ ބޮޑު ޢީދުގައި ވިޔަސް އެކިކަހަލަ މިޔުޒިކް ޚާއްޞަކޮށް ހިންދީ ލަވަތަކަށް ކެބެރޭ ސްޓައިލަށް ނުވަތަ ހިންދީ ސަގާފަތަށް ނެށުމަކީވެސް ކުރިން ކުރަމުން އައި ކަންތަކެއް ނޫނެވެ.

އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް ސޯޝަލް މީޑިއާގައި ޢީދު ފާހަގަ ކުރާން ޖެހޭނީ މުންކަރާތްތަކާއި ދުރުހެލިވެގެން ކަމަށް ބުނި އިރުގައި މާލިހެދިގެން ނުވަތަ ޝައިތޯނީ އެކިއެކި ސިފަ ޖެހިގެން ކިތައް ރަށުގައި ބޮޑު ޢީދު ފާހަގަ ކުރިތޯއެވެ. 2008 ގައި ޑރ. ޝަހީމް އިސްލާމިކް މިނިސްޓްރީ ގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވިއިރު އެމަނިކުފާނު ވިދާޅުވީ ޢީދުގައި ދީނާ ޚީލާފު ކަންކަން ކުރޭތޯއެވެ؟ ޑރ. ޝަހީމަށް ދިވެހީންގެ ތެރޭގައި އޭރުވެސް މާލި ހެދުމާއި ޝައިތޯނީ ސިފަތަކުން ޖަރީވެގެން ޢީދު ފާހަގަ ކުރާތަން ނުފެނެއެވެ.

އަދި ކިއެއްތޯއެވެ! ބައެއް ރަށްރަށުގައި ކޯޑި ކަނޑާ ފިރިހެން މީހާ، އެރަށުގެ ގިނަ އަންހެނުން ވެގެން ފެންވަރުވާ ފުއްޖަހާ ނަލަ ކުރާއިރުވެސް އެއީ އިސްލާމް ދީނުގެ އިމުގެ ތެރޭގައި ކުރާކަންކަން ކަމަށް ވާތީ އަދިވެސް އެކަން ކުރެއެވެ.

ސޯޝަލް މީޑިއާގައި ދެތިން ލައިން ލިޔުނީމާ އިސްލާމް ދީނުގެ އަސާސް ތަކުގެ ތެރޭގައި ޢީދު ކުޅިވަރު ކުޅުން ގާއިމު ވީކީ ނޫނެވެ. އަޅުގަނޑު ޤަބޫލު ކުރަނީ ރަށްރަށުގައި ކުޅޭ ކުޅިވަރުތައް ދިރާސާކޮށް އެކަންކަން ރަނގަޅު ކުރަން ޖެހޭ ކަމުގަ ވިއްޔާ ރަނގަޅުވެސް ކުރާން ޖެހެއެވެ. ސަގާފަތާއި ބެހޭ ވުޒާރާ އަދި އިސްލާމީ ވުޒާރާ ގުޅިގެން މިކަން ކުރާން ޖެހެއެވެ.

ސުކުން ޕްލޭގައި : https://www.facebook.com/sukunplay/videos/2128751084158508

 އަޅުގަނޑަށް ފެނުނު ވީޑިއޯ ކޮޅުން ދެލޮލުން ކަރުނަ ހިލުނެވެ.

 ދިވެހީން ޢީދު ފާހަގަ ކުރުމަށް ގެނެސްފައިވާ ތަރައްގީ ނުވަތަ ކުރިއެރުމެވެ. ގިނަ ރަށްރަށުގައި މިފަދަ ނެށުންތަކާއި އެކު ޢީދު ޝޯ ބޭއްވުމުން ދިވެހީންގެ ސަގާފަތަށް މިކަން ބަދަލު ވީއެވެ.

ނަމަވެސް ރ. މީދޫ އަދި ބ. ތުޅާދޫ ފަދަ ބައެއް މަދު ރަށްރަށުގައި ނާކޮޅު ކެނޑުމާއި ބޮޑުމަސް ބޭނުމާއި މިހެންގޮސް އެތަކެއް ލޭކައްކުވާ ދިވެހި ސަގާފީ ކަންކަން ކުރަމުން ދިޔައެވެ.

ދިވެހީންނަކީ އެވޭލާއިން ފެށިގެން ވަރަށް ހުނަރުވެރި ކުޅިވަރު ތަކެއް ކުޅެމުން އައި ބައެކެވެ. އުވިގޮސްފައިވާ ދިގު ދަނޑި ތިންމުގޯލި އަދި ފަސްމުށި ކަހަލަ އެކި އުމުރުފުރައިގެ މީސްތަކުން ބައިވެރިވެގެން ކުޅޭ ކުޅިވަރުތައް ހޯދާ އާލާ ކުރާން ޖެހޭކަމަށް ގަބޫލުކުރަމެވެ. އަމިއްލަ ވަންތަ ކުޅިވަރު ތަކެއްގެ ގޮތުގައެވެ. ބޮޑުބެރުގެ އެކިއެކި ހަމަތަކެވެ. ލަނގިރި ކުރުފަލި ތާރަ ފަދަ ކުޅިވަރު ތަކެވެ. ސަގާފަތާއި ބެހޭ ވުޒާރާއެއް ހުރުމުގެ ބޭނުމަކީ އަމިއްލަވަންތަ ކަންކަން ހޯދާ ދިރާސާކޮށް އާލާ ކުރުން ކަމުގައި އަޅުގަނޑު ދެކެމެވެ.

Loading

2 Responses

  1. ހާދަ މަޖަލޭ އެމަންޖެ ތަޅުވާލާލެއް. ސަޅި. ދީނީ މިންގަޑުން ބަލައިފިނަމަ ފޫޓްފީތާއަކުން ސައިޒް ބަލާފާ ގޮތެއް ނިންމޭނެކަމަށް ގަބޫލުކުރަނީ! ލާދީނީ ކުރީގެ ސަރުކާރުގެ ބަލާވެރިކަން މިއީވެސް. 5 އަހަރު ނިމުމުގެ ކުރިން އަދުރޭގެ ސަރުކާރުން މިފަދަ ސަޅި ނެށުން މަދުކޮށް ހުށްޓުވާނެއެވެ. ބަލަން ތިބޭށެވެ. މިހާރުވެސް ދީނީ މިންގަނޑު ފެނިއްޖެ ނޫންހެއްޔެވެ.

  2. ވީޑިއޯ ކޮޅު ފެނުމުން ހިތަށް ވެރިވީ ދީނީ ދަރުސް ތައް ނިންމާފަވެސް މިކަހަލަ ޝޯތައް ދެން ދޭނޭ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް