މިސްކިތެއްގައި ނެށި މައްސަލައިގައި ނަށާ ގްރޫޕެއްގެ މެންބަރަކު ސަސްޕެންޑުކޮށްފި

Loading

Facebook
Twitter
WhatsApp

ރ. މީދޫގެ މިސްކިތެއްގައި ޓިކްޓޮކެއް ކުޅުނު ދަންދާނަ ނަށާ ގްރޫޕްގެ މެންބަރު އެ ގްރޫޕުން ސަސްޕެންޑް ކޮށްފިއެވެ.

ދަންދާނަ ގްރޫޕުން ނެރުނު ބަޔާނެއްގައި ބުނީ ޢީދު ފާހަގަކުރުމުގެ ގޮތުން ރ. މީދޫގައި ޝޯއެއް ދިނުމަށް އެ ގްރޫޕުން ރ. މީދޫއަށް ކުރި ދަތުރުގެ ތެރޭގައި އެ ގްރޫޕްގެ އަންހެން މެންބަރަކު އެ ރަށު މިސްކިތެއްގެ ތެރޭގައި ޓިކްޓޮކް ވީޑިއޯއެއް ކުޅެފައިވާތީ، އެކަން އެ ގްރޫޕުން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށެވެ.

އަދި ޓިކްޓޮކް ވީޑީއޯ ކުޅެފައިވާ ފަރާތުން އެކަންތައް ކޮށްފައިވަނީ އަމިއްލަގޮތުން ކަމާއި އެ ޓިކްޓޮކް ވީޑިއޯގައި އެ ގްރޫޕްގެ އެއްވެސް ހިއްސާއެއް ނެތްކަމަށް އެ ގްރޫޕުން ބުނެފައި ވެއެވެ.

ހަމަ އެހެންމެ އެ ގްރޫޕްގެ ރަސްމީ ދަތުރެއްގައި އެފަދަ އަމަލެއް ކޮށްފައިވާތީ، އެ ޓިކްޓޮކް ވީޑިއޯ ހެދި ފަރާތް މިހާރު ވަނީ އެ ގްރޫޕްގެ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވެވޭ ގޮތަށް، ވަކި މުއްދަތެއް ނާންގައި ސަސްޕެންޑް ކޮށްފައި ކަމަށް ދަންދާނަ ގްރޫޕުން ބުނެފައި ވެއެވެ. .

ދައުރުވަމުންދާ ޓިކްޓޮކް ވީޑިއޯގެ ސަބަބުން އެ ގްރޫޕްގެ ނަން ހަޑިވާގޮތަށް ހަބަރު ނުފެތުރުމަށް އެ ގްރޫޕުން ވަނީ އެދިފައެވެ.

މީގެ އިތުރުން އެ ގްރޫޕުން ކުރިއަށް އޮތްތަނުގައި ކުރާ ދަތުރުތަކުގައި، ގްރޫޕް މެންބަރުންގެ ފަރާތުން އެފަދަ އެއްވެސް އަމަލެއް ނުފެންނާނެކަމުގެ ޔަގީންކަން އެ ބަޔާނުގައި ވަނީ ދީފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް