ގދ. ފިޔޯރީން ކުޑަ އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ގެއްލިގެން ހޯދަނީ ގދ.ފިޔޯރީ/ފިނިވިލާގެ، މަރިޔަމް މީނާލް މުޙައްމަދު 8އ އެވެ.
އެނގިފައިވާ ގޮތުގައި އެ ކުއްޖާ ގެއްލުނުކަން ފާހަގަވީ މިއަދު ހަވީރު 17:35 ހާއިރު އެވެ. އެއާއެކު އޭނާ ހޯދުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
އެ ކުއްޖާ ގެއްލުނުކަން ހާމަކޮށް މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، ފިޔޯރީން ކުއްޖަކު ގެއްލިގެން އުޅޭކަމުގެ ރިޕޯޓް މިރޭ 7:08 ހާއިރު ލިބިފައިވާ ކަމަށެވެ.
އާއިލާއާ ހަވާލާދީ ފުލުހުން ބުނީ މީނާލް އެންމެ ފަހުން ފެނިފައިވަނީ ފަހެއް ޖެހިއިރު އެ ކުއްޖާ ދިރިއުޅޭ ގެއިން ކަމަށެވެ.
އެހެންކަމުން އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި ރަށު ރައްޔިތުން ގުޅިގެންދަނީ ކުރަމުންނެވެ.