ހަނިމާދޫ ގެއެއްގެ ކޮޓަރިއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ

Loading

Facebook
Twitter
WhatsApp

ހދ.ހަނިމާދޫ ގެއެއްގެ ކޮޓަރިއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުން މިއަދު ބުނީ ހަނިމާދޫ ގެއެއްގެ ކޮޓަރީގައި ކުއްޔަށް އުޅޭ މީހަކު ރޭ ކޮޓަރިއަށް ވަންގޮތަށް ޚަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓުކުރި ކަމަށެވެ.

އެގޮތުން ގޮސް ބެލިއިރު ހަރަކާތެއް ނެތި އެ މީހާ އެނދުމަތީގައި އޮއްވާ ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެގޮތުން އެ މީހާ އެ ރަށު ހެލްތު ސެންޓަރަށް ގެންގޮސްފައިވާ ކަމަށާއި ގެންދިޔައިރު ވެސް އޭނާ އޮތީ މަރުވެފައި ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.

އެއީ އުމުރުން 64 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

އަދި މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް