ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް, ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފި

Loading

Facebook
Twitter
WhatsApp

ރާއްޖޭގެ އެކި ހިސާބަށް މިރޭ ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާކަަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ހއ.އަތޮޅުން ފެށިގެން ބ.އަތޮޅަށް ވަނީ ހުދު ސަމާލު ވެސް ނެރެފައެވެ. ސަމާލު ނެރެފައިވަނީ މެންދަމު 2:00 އާ ހަމައަށެވެ.

އެ އަތޮޅުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ, ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާ ގޮތުން ދެކުނުގެ އަތޮޅުތަކުގައި ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެއެވެ.

އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތަކުގައި ރާޅުގެ އުސްމިން ހުންނާނީ 5-7 ފޫޓުގައެވެ. ދެކުނުގެ ކަނޑުތަކުގައި ރާޅުގެ އުސްމިން ހުންނާނީ 2-4 ފޫޓުގައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް