ފުވައްމުލަކު ޒުވާނަކު ގެއްލިގެން ހޯދާތާ 7 ދުވަސް

Loading

Facebook
Twitter
WhatsApp

ފުވައްމުލަކު ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ގެއްލިގެން ހޯދަމުންދަނީ ޏ.ފުވައްމުލައް، ދިގުވާނޑު / އެފްރޯ އުމުރުން 24 އަހަރުގެ އަޙްމަދު ޢިޔާޝް ވަސީމެވެ.

ފުލުހުން މިރޭ ބުނީ އާއިލާއަށް އޭނާގެ ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އޭނާ އެންމެ ފަހުން ފެނިފައިވަނީ ޖޫން 14 ވަނަ ދުވަހު ކަމަށް އާއިލާއާ ހަވާލާދީ ފުލުހުން ބުންޏެވެ.

ފުލުހުން ވަނީ ޢިޔާޝްގެ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހެންވޭރު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9400053 އަށް ގުޅައި ހިއްސާކުރުމަށް އެދިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް