މިދިޔަ ހަފްތާގައި ޗައިނާގެ ޕްރިމިއަރ ލީ ޗިއާންގް ކުއާލާލަމްޕޫރަށް ވަޑައިގަތުމުން އެ މަނިކުފާނަށް މެލޭޝިޔާ ސަރުކާރުން ރަތްދޫލައިން މަރުޙަބާ ދަންނަވައިފިއެވެ. އެ މަނިކުފާނު މެލޭޝިޔާއަށް މި ވަޑައިގަތީ އެ ސަރަޙައްދުގެ ބައެއް ގައުމުތަކަށް ކުރެއްވި ރަސްމީ ދަތުރުފުޅުތަކުގެ އެންމެ ފަހު މަންޒިލެއްގެ ގޮތުގައެވެ.
މެލޭޝިޔާއަށް ކުރެއްވި އެ ދަތުރުފުޅު މައިގަނޑު މަގްސަދަކީ ދެ ގައުމުގެ މެދުގައި އުފެދުނު ސިޔާސީ ގުޅުމަށް ފަންސާސް އަހަރުވުން ފާހަގަ ކުރެއްވުމަށް ކަމުގައި ޚަބަރުގައި ބުނެފައި ވެއެވެ
ޕްރިމިއަރ ލީ ޗިއާންގް އަކީ 2015 ވަނައަހަރުގެ ފަހުން މިހާތަނަށް މެލޭޝިޔާއަށް ވަޑައިގެންނެވި ޗައިނާގެ އެންމެ ފުރަތަމ ޕްރިމިއަރ އެވެ. ކުއާލަ ލަމްޕޫރުން އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށް ވަޑައިގެން ހުންނެވީ ޓްރަޏްސްޕޯރޓް މިނިސްޓަރ އެންތަނީ ލޯކް އެވެ. އެއާރޕޯރޓުގައި އެމަނިކުފާނަށް ޝަރަފުގެ ހިނގާލުމެއް އެރުވުނެވެ.
ލީ ޗިއާންގް އަކީ ރައީސް ޝީ ޖިންޕިންގ އަށް ފަހު ޗައިނާގެ އެންމެ ބާރުގަދަ މަގާމުގައި ހުންނެވި ބޭފުޅާއެވެ. ޗައިނާގެ ސިވިލް ސަރވިސްގެ އެންމެ އިސްވެރިއަކީ ލީ ޗިއާންގް އެވެ.
ލީ ޗިއާންގް މެލޭޝިޔާއަށް މި ވަޑައިގަތީ އޮސްޓްރޭލިޔާ އަށާއި ނިއުޒީލޭންޑަށް ވަޑައިގަތުމަށް ފަހުގައެވެ. ޗައިނާއިން އޮސްޓްރޭލިއާގެ ހުޅަނގު ސަރަޙައްދުގެ ކެޕިޓަލް ޕާތް ގައި ކްރިޓިކަލް މިނަރަލްސް އާއި ކްލީން އެނަރޖީ އަދި ބިޒްނަސް ލިންކްއާއި ބެހޭ ގޮތުން ވާހަކަފުޅު ދެއްކެވިއެވެ.
މިދިޔަ އަހަރު އޮސްޓްރޭލިޔާގެ އެންމެ މަޝްހޫރު އެކްސްޕޯރޓް ކަމުގައި ބެލެވޭ އަދި ދުނިޔެއަށް ބޭނުންވާ އަޔަން އޯރގެ %39 އެކްސްޕޯރޓް ދުނިޔެއަށް އެކްސްޕޯރޓް ކުރީ އޮސްޓްރޭލިޔާގެ ޕާތުންނެވެ.
މީގެ 3 އަހަރު ކުރިން އޮސްޓްރޭލިއާ އާއި ޗައިނާއާއި ދެމެދު އުފެދުނު ސިޔާސީ ހަމަ ނުޖެހުމުގައި އޮސްޓްރޭލިއާ އިން ޗައިނާއަށް އެކްސްޕޯރޓް ކުރުން މަނާކުރި ތަކެތީގެ ތެރޭގައި އަޔަރ އޯރ ހިމަނާފައެއް ނުވެއެވެ. ދަގަނޑު އުފެއްދުމަކީ ޗައިނާގެ ވަރަށް ބޮޑު ވިޔަފާރިއެކެވެ. އަޔަން އޯރ ކިޔަނީ ދަގަނޑުގެ ބާވަތްތައް ގިނައިން އެކުލެވިފައިވާ ހިލައާއި އެހެނިހެން މަޢުދަނަށެވެ.
ޕާރޓުގައި ހުންނެވިއިރު އެތަނުގައި ހުންނަ ކްލީން އެނަރޖީ ރިސާރޗް ފެސލިޓީ ފޯރޓްސްކޫ އަށް ވަޑައިގެން އެތަނުގައި ރާވާފައިވާ ކާރބަން އެމިޝަނާ ނުލައި އަޔަން އޯރ ބޭނުން ކޮށްގެން “ ގްރީން އަޔަން “ އުފެއްދުމުގެ މަޝްރޫއަށް ޝައުގުވެރިކަން ފާޅުކުރެއްވިއެވެ.
ލީ ޗިއާންގް ޕާރތް ގައި ހުންނެވިއިރު އެތަނުގައި ޗައިނާއިން ގާއިމް ކޮށްފައިހުރި ޓިއާންގީ ލިދިއަމް އެނަރޖީއަށް ވަޑައިގެން ކްރިޓިކަލް މިނަރަލްސް އަށް އިންވެސްޓް ކުރުމުގެ ޝައުގުވެރިކަންވެސް ފާޅުކުރެއްވިއެވެ.
އޮސްޓްރޭލިއާ އަކީ ކްރިޓިކަލް މިނަރަލްސް އާއި ގުޅޭ ކަންކަމުގައި އެމެރިކާއާއި ގުޅުންބޮޑު ގައުމެކެވެ.
ތިން ދުވަހުގެ މުއްދަތަށް ލީ ވަޑައިގެންނެވި މި ދަތުރުފުޅުގައި މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް އާއި ބައްދަލު ކުރެއްވިއެވެ. އަދި މެލޭޝިޔާގެ ރަސްގެފާނު ސުލްތާނު އިބްރާހީމް އިސްކަންދަރް އާ ވެސް ބައްދަލު ކުރައްވާނެއެވެ.
އޭގެ އިތުރުން 50 އަހަރުވީ ސިޔާސީ ގުޅުން ފާހަގަކުރެއްވުމުގެ ގޮތުން ބޭއްވޭ ވަރަށް ޚާއސް ރޭގަނޑުގެ ފަރީއްކޮޅަކާއި އަދި މެލޭޝިޔާ- ޗައިނާގެ ގުޅުމުގެ ތެރެއިން އުފެދިގެން އަންނަ މެލޭޝިޔާގެ އިރުމަތީ ސަރަޙައްދުގެ ޝަޙަރުތައް ހުޅަނގު ސަރަޙައްދުގެ ޝަހަރުތަކަށް ގުޅުވާލަ ދޭ 665 ކިލޯމީޓަރުގެ ދިގު ރެއިލްވޭ ލިންކުގެ ޚާއްސަ ހަފުލާގައިވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.
މި ރެއިލްވޭގެ މެއިން ކޮންޓްރެކްޓަރަކީ ޗައިނާގެ ކޮމިއުނިކޭޝަން އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (ސީ ސީ ސީ ސީ) އެވެ.
2 Responses
ޗައިނާ މުޅި ދުނިޔޭގެ ވިޔާފާރި އެވަނީ އަތްދަށު ލާފައެވެ. ދެން އެމެރިކާއަށް ހަމަ އެކަނި ކުރެވޭނެ ކަމަކީ ދުނިޔޭގައި ހުޅުޖެހުމެވެ. ޔަޢުނީ 3 ވަނަ ބޮޑު ހަނގުރާމައެއް ޖައްސާ ދުނިޔެ ސުންނާފަތި ކުރުމެވެ. އެކަމަށް އެމެރިކާ އާއި ޔޫ. ކޭ ވަރަށް މޮޅުވާނެވެސް މެއެވެ.
ހަނގުރާމަކުރެވޭނީ އަތުގައި ހަތިޔާރުވެސް ހުރެގެންނެވެ. ޔޫކްރެއިނާއި އިސްރާއީލަށް ދީ ދީ މިހާރު ހަތިޔާގު ގުދަނުގެ ތަޅުންގަޑު ފެންނަ ކަމަށްވެއެވެ. އަތަކު ލާރިއެއް ނެތެވެ. ހަތިޔާރު ގަންނާނެ ގައުމުތައް މަދުވީމާ ދަރަންޏަށް ފައިސާނަގައިގެން ހަތިޔާރު އުފެއްދިޔަސް ވިއްކާ ލެވިދާނެ ކަމުގެ ޔަގީން ކަމެއްނެތެވެ. އަރަބި ބައްރުގައި ތަޅުވާނެ ގައުމެއް މިހާރަކު ނެތެވެ. އެހެން ގައުމުތަކުން ހަނގުރާމަ ކުރާކަށް ބޭނުމެއް ނުޥެއެވެ. ދެމީހަކު އެއްތަންވާއިރަށް ބިރުން ތެޅެން ފަށަނީ އެހެން ވެގެންނެވެ.