މާލޭގެ މިސްކިތްތަކުން ވައްކަންކޮށްގެންް މިއަހަރު 21 މައްސަލަ ހުށަހަޅާފައިވޭ: ފުލުހުން

Loading

Facebook
Twitter
WhatsApp

މާލޭގެ މިސްކިތްތަކުން ވައްކަންކޮށްގެންް މި އަހަރުގެ މިހާތަނަށް 21 މައްސަލަ ހުށަހަޅާފައިވާ ކަަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މާލޭގެ މިސްކިތްތަކުން ވައްކަންކޮށްގެންް މި އަހަރުގެ މިހާތަނަށް 21 މައްސަލަ ހުށަހަޅާފައިވާއިރު, މި މައްސަލަތަކުގައި ހިމެނޭ 6 ފަންކާ، 2 ފޯނު އަދި ފެންމޯޓަރެއް ހޯދައި ހަވާލުކޮށްފައިވާ ކަމަށެވެ.

މި މައްސަލަތަކުގެ ތެރޭގައި ދަރުމަވަންތަ މިސްކިތުގެ ފާރުގައި ހަރުކޮށްފައި ހުރި 2 ފަންކާ ވަގަށް ނެގި މައްސަލައެއް ވެސް ހިމެނެއެވެ.

މީގެއިތުރުން މިދިޔަ އޭޕްރީލުމަހުގައިވތަގުވާ މިސްކިތުން ވައްކަންކުރި މައްސަލައެއް ވެސް ހިމެނެއެވެ. އެގޮތުން ތިން ރޭ މަތިން އެ މިސްކިތުން 7 ފަންކާ ވަގަށް ނަގާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފައިވެއެވެ. މާލެ ސިޓީ ކައުންސިލުން އޭރު ވަނީ ތަގުވާ މިސްކިތުން މީހަކު ފަންކާއެއް ވަގަށް ނަގައިގެންދާ ވީޑިއޯއެއް ވެސް އާންމުކޮށްފައެވެ.

ހަމައެހެންމެ މިދިޔަ މާޗު މަހު ބަޔަކު ވަނީ މާލޭގެ ބައެއް މިސްކިތްތަކުގެ ފާހާނާތަކަށް ވެސް ގެއްލުންދީފައެވެ.

މިސްކިތްތަކުގައި ހުންނަ އެއްޗެހި ވަގަށް ނެގުމުގެ އިތުރުން މިސްކިތްތަކަށް ނަމާދުކުރަން ދާ މީހުންގެ ފައިވާން ވަގަށް ނެގުމުގެ މައްސަލަތައް ވެސް މިއަހަރު ފެންމަތިވެފައިވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް