ކުށްކުރުން އިތުރުވުން: ހައްޔަރުކުރާ ގިނަ މީހުންގެ ކުށުގެ ރެކޯޑް އުޅެނީ 50 އިން މަތީގައި

Loading

Facebook
Twitter
WhatsApp

ފަހަކަށް އައިސް ވައްކަމާއި ފޭރުމުގެ މައްސަލަތައް ގިނަވެއްޖެއެވެ. މިފަދަ މައްސަލަތަކުގައި އާންމުކޮށް ހައްޔަރުކުރަނީ އާންމުކޮށް ކުށުގެ ވެށީގައި އުޅޭ މީހުންނެވެ. ކްރިމިނަލް ކޯޓުން އާންމުކޮށްފައިވާ މައުލޫމާތުތަކުން ދައްކާ ގޮތުން އެއިން ގިނަ މީހުންގެ ކުށުގެ ރެކޯޑް އުޅެނީ 50 މަތީގައެވެ.

ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރުކުރި ގިނަ މީހުންނަކީ ވައްކަމުގެ މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ މީހުންނެވެ. އޭގެތެރެއިން އެކެެއްގެ ކުށުގެ ރެކޯޑުގެ އަދަދަކީ 82 އެވެ. ދެން ހުރި މީހާގެ ކުށުގެ ރެކޯޑު އުޅެނީ 58 ގައެވެ.

މިފަދަ މައްސަލަތަކުގައި ބައެއް މީހުން ހައްޔަރުކޮށް ބަންދުން ދޫކޮށްލާއިރަށް ލަސްތަކެއްނުވެ އަނެއްކާ ވެސް އޮންނަނީ ހައްޔަރުކޮށްފައެވެ.

ފުލުހުންގެ ތަރުޖަމާނު ވިދާޅުވާ ގޮތުން ފަހަކަށް އައިސް މާލޭގައި ކުށްކުރުން އިތުރުވެފައިވަނީ މިދިޔަ ސަރުކާރުން އެތައް ކުށްވެރިންނެއް އެއްވެސް ހަމައެއް އުސޫލެއްނެތި މުޖުތަމައުގެ ތެރެއަށް ދޫކޮށްލައިފައިވުމުގެ ސަބަބުންނެވެ.

މިދިޔަ ސަރުކާރުގެ ފަހުކޮޅުގައި 400 އަށްވުރެ ގިނަ ކުށްވެރިން ދޫކޮށްލިއެވެ. އޭގެތެރޭގައި ޓެރަރިޒަމާއި ވައްކަމާއި މާރާމާރީއާއި މަސްތުވާތަކެއްޗާއި ބަދުއަޚުލާގީ މައްސަލަތަކުގައި ބަންދުކޮށްފައި ތިބި މީހުން ހިމެނެއެވެ.

ކުށްކުރުން އިތުރުވެފައިވަނީ މިދިޔަ ސަރުކާރުން އެތައް ކުށްވެރިންނެއް އެއްވެސް ހަމައެއް އުސޫލެއްނެތި މުޖުތަމައުގެ ތެރެއަށް ދޫކޮށްލައިފައިވުމުގެ ސަބަބުން ކަމަށް ފުލުހުންގެ ތަރުޖަމާނު ވިދާޅުވި ނަމަވެސް މިދިޔަ 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބާ ދިމާކޮށް މި ސަރުކާރުން ވެސް ވަނީ އެތައް ކުށްވެރިންނެއް ދޫކޮށްލައިފައެވެ.

އެ ކުށްވެރިންގެ އަދަދު ހާމަކުރުމަށް ސަރުކާރާ އިދިކޮޅު ފަރާތްތަކުން ވެސް ދަނީ ގޮވައިލަމުންނެވެ.

ޓެރަރިޒަމް އާއި ދެކޮޅަށް ފުލުހުން ކުރިޔަށް ގެންދިޔަ އޮޕަރޭޝަންއެއްގެ ތެރެއިން/ ފޮޓޯ: މިހާރު

Loading

One Response

  1. ކުށް ކުރީމާ ކުޑައެއް ބޮޑެއް ނޯންނާނެ އަދަބު ޙައްގުވީއެވެ. އެހެނީ މިހާރު ތިހެން އޮތީމާ ބޮޑެތި މީހުން ޖަރީމާ ހިންގަން ހޯދަނީ އުމުރު ދަށް ކުދީންނެވެ. ވީމާ ކުށްކުރީމާ ޙައްގު އަދަބު ދީފާ އެމީހެއް ޙުކުމް ކަޑަތުކުރާއިރު އުޅުމަށް ބަލާފައި ޕެރޯލްގައި ބައިވެރި ވެވޭގޮތަށް އޯކޭ ނޫންތޯއެވެ. އެނޫނީ ޙައްލެއްނެތެވެ. ކުށްކުރުމަށް އެއްވެސް ޢުމުރަކަށް ލައިސެންދެވިގެން ނުވާނެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް