ލަދުވެތިކަމަކީ އީމާންތެރިކަމުގެ ތެރެއިންވާ ކަމެއް: ޚުތުބާ

Loading

Facebook
Twitter
WhatsApp

ލަދުވެތިކަމަކީ އީމާންތެރިކަމުގެ ތެރެއިންވާ ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

ޚުތުބާގައި ބުނީ އިސްލާމްދީނަކީ ހުރިހައި ފުރިހަަމަކަމަާއި ރިވެތިކަމެއް އެކުލެވިގެންވާ ދިރިއުޅުމުގެ އެންމެ ފުރިހަމަ ނިޒާމު ކަމަށާއި މަތިވެރި އަޚުލާގުގެ ހުރިހައި ސިފަޔަކަށް މި ދީން މަގުދައްކާ ކަމަށެވެ.

އެގޮތުން ލަދުވެތިކަމާއި އިއްފަތްތެރިކަމަކީ އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރުއަޅުއްވައިފައިވާ މަތިވެރި ދެ ސިފަ ކަމަށާއި ލަދުވެތިކަމަކީ އަބުރުގެއްލޭފަދަ ކަމެއް ކުރުމަށް ޖެހިލުންވުން ނުވަތަ އެހެން މީހުންނަށް ފާޅުކުރާން ނުކެރޭ ވަކި ސިފައެއް ވަކި ކަމެއް އެހެން މީހުންނަށް ފެނިދާނެތީ ޖެހިލުންވުން ކަމަށް ޚުތުބާގައި ވެއެވެ.

ޚުތުބާގައި ބުނީ އިލްމުވެރިން ވިދާޅުވާ ގޮތުގައި ލަދުވެތިކަމަކީ އެންމެހައި ނުބައި ކަންކަމާ ދުރުހެލިވުމަށް ބާރުއަޅާ އަދި ހައްގުގެ ވެރިޔާއަށް އޭނާގެ ހައްގު ލިބިދިނުމަށް ހުރަސްއަޅާ ކަންކަމާ ދެކޮޅުވެރިވުމުގެ ރޫހު އުފައްދައިދޭ ކަންކަން ކަމަށް އިމާމް ނަވަވީ ވިދާޅުވެފައިވާ ކަމަށެވެ.

މީގެއިތުރުން ލަދުވެތިކަމުގެ ސިފަ މީހެއްގެ ކިބައިގައި ހުރެއްޖެނަމަ އެ ސިފައިގެ ސަބަބުން އޭނާ ފާފަތަކަށް އަރައިގަތުން މަނާކުރާ ކަމަށާއި ހެޔޮކަމާއިގެން މެނުވީ ލަދުވެތިކަން ނާންނާނެ ކަމަށް ޚުތުބާގައި ވެއެވެ. އަދި އެ މީހެއްގެ ކިބައިގައި ލަދުވެތިކަން ހުރެއްޖެ މީހާ ފާޖިރުކަމާއި ހަރާމްކުރައްވާފައިވާ ކަންތައްތަކާ ދެމެދު ހުރަހެއް ގާއިމުކޮށްފި ކަމަށާއި އެންމެހައި ނޭއްގާނީ އަމަލުތަކުން އެ މީހަކު ދުރުވާނެ ކަމަށާއި އަދި އެފަދަ މީހަކަށް މަކާރިމުލްއަޚުލާގުގެ ރިވެތި ފޭރާމުން ޒީނަތްތެރިވެވޭކަން ވެސް ފާހަގަކޮށްފައިވެއެވެ.

ނަމަވެސް ހިތާމައަކީ މިއަދު އަހަރުމެންގެ ތެރެއިން ބައެއް މީހުން ލަދުވެތިކަމާއި އިއްފަތްތެރިކަމުގެ ސިފައިން ބޭރުވެފައިވާ ތަން ފެނުން ކަމަށާއި ހެދުން އެޅުމާއި މުއާމަލާތުކުރުމާއި ދިރިއުޅުމުގެ ކަންކަމުގެ ތެރެއިން މި މާތް ސިފަ ނެތެމުންދާ ތަން ފެނުން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި މީސްމީޑިއާގެ އެކިއެކި މަންސަތަކުގައި މީސްތަކުން ހަރަކާތްތެެރިވަމުން އެ ދަނީ ލަދުވެތިކަމުގެ ފޭރާން އެކީއެކަށް އެއްފަރާތް ކުރުމަށްފަހު އެކިއެކި ފާހިޝް މަންޒަރުތައް ހިމެނޭ ވީޑިއޯފަދަ ތަކެތި ހިއްސާކުރަމުން ކަމަށާއި އެކަން ކުރާއިރު ހިތުގައި ކުޑަވެސް ބިރުވެރިކަމެއް ނެތްކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް