ސައިކަލާއެކު މޫދަށް ވެއްޓުނު ޒުވާނަކު ނިޔާވެއްޖެ

Loading

Facebook
Twitter
WhatsApp

ހދ. ނޮޅިވަރަމް ބަނދަރުން ސައިކަލާއެކު މޫދަށް ވެއްޓުނު ޒުވާނަކު ނިޔާވެއްޖެއެވެ.

ފުލުހުން މިއަދު ބުނީ އެ ރަށު ބަނދަރުން މީހަކު ސައިކަލާއެކު މޫދަށް ވެއްޓިގެން ސިއްހީ މަރުކަޒުގައި ފަރުވާދެމުންދާ ކަމަށް ރޭ 9:15 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެގޮތުން ފަރުވާދެމުން ދަނިކޮށް ރޭގެ ވަގުތެއްގައި އެ މީހާ ނިޔާވެފައިވާ ކަމަށް ސިއްހީ މަރުކަޒާއި ހަވާލާދީ ފުލުހުން ބުނެފައި ވެއެވެ.

މި ހާދިސާގައި ނިޔާވެފައި ވަނީ 32 އަހަރުގެ ދިވެހި ފިރިހެނެކެވެ.  

ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.  

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް