ގަވާއިދާ ޚިލާފަށް މީހުން އަރުވައިގެން ދަތުރުކުރަމުންދިޔަ އުޅަނދެއް ޓޯކޮށްފިއެވެ.
ފުލުހުން ބުނީ ހުއްދަނެތި، ގަވާއިދާ ޚިލާފަށް މީހުން އަރުވައިގެން މާލެއިން އެއަރޕޯޓަށް ދަތުރުކުރި އުޅަނދެއް ބަލައި ޗެކްކޮށްފައިވާ ކަމަށެވެ.
އެގޮތުން މި އުޅަނދު ޗެކް ކުރިއިރު އެ އުޅަނދަކީ ”ބީ“ ޒޯންގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދެއް ކަމަށް ފުލުހުން ބުނެފައި ވެއެވެ.
ނަމަވެސް އެ އުޅަނދު ދުއްވަމުން އައީ ”އޭ“ ޒޯންގައި ކަމަށް ފުލުހުން ބުނެފައި ވެއެވެ. މީގެ އިތުރުން އެ އުޅަނދުގެ އަހަރީ ފީވެސް ހަމަވެފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
އެހެންކަމުން ހުއްދަނެތް ޒޯނެއްގައި ދުއްވުމާއި އަހަރީ ފީވެސް ހަމަވެފައި ވާތީ އެ އުޅަނދު ފުލުހުން ވަނީ މިހާރު ޓޯ ކޮށްފައި ކަމަށް ފުލުހުން ބުނެފައި ވެއެވެ.