މާލެ ސަރަހައްދުން 14 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ފުލުހުން ދެންމެ ބުނީ މ. އެނބޫމާގެއާގެ، ޚަދީޖާ ޔަލްވީ އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާކަމަށް ރިޕޯޓުކޮށްފައިވާތީ އެކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އާއިލާއާ ހަވާލާދީ ފުލުހުން ބުނީ ޔަލްވީ އެންމެ ފަހުން ފެނިފައި ވަނީ ޖޫން 14 ވަނަ ދުވަހު ކަމަށެވެ.
އެހެންކަމުން ފުލުހުން ވަނީ ޚަދީޖާ ޔަލްވީގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ނަމްބަރު 9790163 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
One Response
Hajjaajeenge athugai alhuvaakahala tegeh alhuvanvee gaumuge emmenge athuga