އަހަރާ 8 މަހުގެ ކުއްޖަކަށް ސިނގިރެޓާއި ރާ ދިން މަންމަ އަކު ހައްޔަރު ކޮށްފި

Loading

Facebook
Twitter
WhatsApp


އިންޑިޔާގެ އާސާމްގައި،އެއްއަހަރާ 8 މަހުގެ ކުއްޖަކަށް ސިގިރެޓާ ރާ ދިން މަންމަ އަކު ހައްޔަރު ކޮށްފިއެވެ.
ވިއޯން ޗެނެލް ގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި އިންޑިޔާގެ އާސާމް އަށް ނިސްބަތްވާ މިއަންހެންމީހާ މި އަމަލު ހިންގާކަމުގެ ޝަކުވާއެއް އެތަނުގެ ޗައިލްޑް ހެލްޕްލައިން ސެލް އަށް، ފޮޓޯއާއި އެކު ލިބުމުން އެތަނުން އޮފިޝަލުންނާއި ފުލުހުންގެ ޓީމެއް ގޮސް ވަނީ މައްސަލަ ބަލާފައެވެ. މިގޮތުން ކުއްޖާ ސަލާމަތް ކޮށް އަދި މަންމަ ވަނީ ހައްޔަރު ކޮށްފައެވެ.މިކަމުގެ މައުލޫމާތު ޗައިލްޑް ހެލްޕްލައިން ސެލް ގެ ފަރާތުން ވަނީ މީޑިޔާތަކަށް ހާމަ ކޮށްފައެވެ.


އޮފިޝަލުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި މި މައްސަލަ ރަނގަޅަށް ތަހުގީގު ކުރުމަށްޓަކާ ލިބެން ހުރި ހުރިހާހެއްކެއް ހޯދާނެއެވެ. އަދި މައްސަލަ ނިންމާނީ ކުއްޖާގެ މުސްތަގްބަލަށް އަސަރު ނުކުރާނެ ގޮތަށެވެ.
މި މައްސަލަ އާއި ގުޅިގެން ސޯޝަލް މީޑިޔާގައި އެކި މީހުން ދަނީ ޚިޔާލް ފާޅު ކުރަމުންނެވެ. ބައެއް މީހުން ބުނެފައިވާ ގޮތުގައި އެންމެ ރަގަޅު ގޮތަކަށް ވާނީ ކުއްޖާ އެޑޮޕްޝަން އަށް ލުމެވެ.
އަދި އަންހެން މީހާ އަށް އެކަށީގެންވާ އަދަބު ދިނުމަށް އެންމެންވެސް ގޮވާލާފައި ވެއެވެ.
އިންޑިޔާ އަދި އެހެން ގައުމު ތަކުގައިވެސް ޓިކްޓޮކް އަށް ލުމަށްޓަކާ މިފަދަ ”ޑްރާސްޓިކް“ އަމަލު ހިންގަމުން ވީޑިއޯ ތައް ހަދައެވެ. ބޭނުމަކީ ބެލުން ތެރިންގެ ރިއެކްޝަން ހޯދުމެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް