ޝައިޠާނުންގެ ސިފަ ޖައްސައިގެން ތިބެ ޢީދު ފާހަގަކުރުން ހުއްދައެއް ނުވާނެ: ޑރ.ޝަހީމް

Loading

Facebook
Twitter
WhatsApp

ޝައިޠާނުންގެ ސިފަ ޖައްސައިގެން ތިބެ ޢީދު ފާހަގަކުރުން ހުއްދައެއް ނުވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް ވިދާޅުވީ އިސްލާމީ ދީނާކީ މާތް ﷲ ދިވެހިންނަށް ދަރުމަކުރެއްވި އެންމެ މަތިވެރި ނިޢުމަތް ކަމަށެވެ.

ހަމައެހެންމެ އިސްލާމީ ހިދާޔަތުގެ މަގަށް މި ރާއްޖެ ބަދަލުވި ދުވަހުން ފެށިގެން މި ރާއްޖޭގެ ސަޤާފަތަކީ އިސްލާމީ ސަޤާފަތް ކަމަށެވެ.

އެގޮތުން ސަޤާފަތުގެ ނަމުގައި ޚުރާފީ ކަންކަން ދިރުވުމަކީ ހަމަޖެހޭ ކަމެއްނޫން ކަމަށާއި އެފަދަ އެއްވެސް ކަމަކަށް ވާގިވެރިވެގެން ނުވާނެ ކަމަށެވެ.

 ޖިންނި ޝައިޠާނުންގެ ސިފަ ޖައްސައިގެން ތިބެ މާތްވެގެންވާ އިސްލާމީ ޢީދު ފާހަގަކުރުން ޝަރުޢީ ގޮތުން ހުއްދައެއް ނުވާނެ ކަން ފާހަގަކުރައްވާ ޝަހީމް ވިދާޅުވީ އިސްލާމީ ޢީދުތައް ފާހަގަކުރަންވާނީ އިސްލާމީ ސަޤާފަތާ އެއްގޮތަށް ކަމަށެވެ.

މިގޮތުން ދިވެހިންގެ ސަޤާފަތެއް ކަމުގައި ބެލެވޭނީ އިސްލާމީ އުޞޫލުތަކާ އެއްގޮތްކަންކަން ކަމަށާއި އެނޫންކަންކަމަކީ ޚުރާފީ ބާޠިލްކަންކަން ކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ޝަހީމް ވިދާޅުވީ ކުޅިވަރުކުޅުމާއި އުފާ ފާޅުކުރުމަކީ ޢީދުގައި އޮންނަންޖެހޭނެ ކަމެއް ކަމަށާއި ނަމަވެސް މިކަންކަން އޮންނަންވާނީ އިސްލާމީ ހިދާޔަތުގެ ތެރޭގައި ކަމަށެވެ.

ޝަހީމް ވަނީ އިސްލާމީ ހިދާޔަތުގެ ތެރޭގައި ދެމި ތިބުމަށް ހެޔޮ ދުޢާކޮށް އެކަމުގައި ސާބިތުވާންޖެހޭނެ ކަމަށް ވިދާޅުވެފައެވެ.

Loading

2 Responses

  1. ވާނުވާ ނޭނގުމެއްގެ ތެރޭގައި ޝަހީމް އެހުންނެވީ. އެހެނީ ގާދޫކޮލާ ހަމަޔައް އަންނާނެ ކަމަށް ބުނި ތެޔޮހޮޅި ނައިތާގައި ޢަރަބިން ކައިގެން ތިބިއްޔާ ދިވެހީން ތިބޭނީ ކައިގެންނޭ ބުނި ބުނުމަކީ ބޮޑު ދޮގެއްކަން ދިވެހިންނަށް ފަޅާ އެރީމައެވެ. ޢަރަބި ފަލަސްތީނުގެ ގަތުލުއާންމު ނުހުއްޓުވުނު އަދި ޢަރަބި ފަލަސްތީނަށް ކާން ނުދެވުނު ބަޔަކު ދިވެހީންނަށް ކާންދޭނީ ކިހިނެއްތޯއެވެ. މިއަދު ޢަރަބީންނަކީ ޝަހީމް ކަހަލަ ދޮގުވެރީންނެވެ. ދުނިޔޭގެ އަރާމާއި ޖާހަތައްޓަކައި ކޮންމެފަދަ ދޮގެއް މަކަރެއް ވެސް ހަދާފާނެއެވެ. މީގެ ތެދުދޮގު ޔާމީނު އަރިހުން އޮޅުންފިލާނެއެވެ.

  2. އަޅުގަނޑުމެންނަށް ހުރާފީ ކަންތައްތަކަކީވެސް ކޮބައިކަން ކޮންމެވެސް ވަރަކަށް އޮޅުންފިލުވައިދެއްވިނަމަ ދެން ފަހަރަކުން އެކަމަށް ހޭވެރިވާން އެނގޭނެއެވެ. މިހެން މިދެންނެވީ ދިވެހިންގެ ސަގާފަތުގެ ތެރޭގައި ހުރި ބައެއްކަންތައްތައް އެއީ އަންޒަމާނުއްސުރެން އެގޮތަށް ކުރަމުން އައިސްފައިވާ ކަންތަކެވެ. މަޖަލަކަށް ކުރާ ކަންތައްވެސް އޭގެ ތެރޭގައި ހުރެއެވެ. އެކަންކުރުމަކުން ނުވަތަ ކުރާއިރު އީމާންކަމަށް ބުރޫ އަރާފަނެއެކޭ ހިތަކަށްވެސް ނާރާނެއެވެ. މިހާރު ރަނގަޅަށް އޮޅުންފިލުވާނުދީ ކުރުކޮށް ފޮނިކޮށް ވިދާޅުވަމުން ގެންދަވާތީ ސުވާލު އުފެދެނީއެވެ.

    އެންމެ ފުރަތަމަ ދީނުގެ ރުކުންތަކަށް ފަރުވާކުޑަކުރާ މީހުންނަށް ނަސޭހަތްތެރިވެ އެމީހުން ހަމަމަގަށް އެޅުވޭތޯ މަސައްކަތްކޮށްދެއްވާށެވެ. މި ދަންނަވަނީ ނަމާދަށް ފަރުވާ ކުޑަކުރާމީހުން ޒަކާތް ނުދޭމީހުން ރޯދަ ނުހިފާ މީހުންނާއި އަދި ވައްކަންކުރާ މީހުން އަމާނާތަށް ޚިޔާނާތްތެރިވާ މީހުންންއި ބޮޑެތި ވެގެންވާ ޖަރީމާތައް ހިންގާ މީހުންގެ ވާހަކައެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް