ސިނަމާލެ ބްރިޖުގެ މެއިންޓަނަންސް މަސައްކަތް ކުރަމުންދިޔަ ބިދޭސީއަކު މަރުވެއްޖެ

Loading

Facebook
Twitter
WhatsApp

ސިނަމާލެ ބްރިޖުގެ މެއިންޓަނަންސް މަސައްކަތް ކުރަމުންދިޔަ އިންޑިއާ ފިރިހެނަކު މަރުވެއްޖެއެވެ.

މިކަންހާމަކޮށް ފުލުހުން ބުނީ ސިނަމާލެ ބްރިޖުގެ މަސައްކަތް ކުރަމުންދިޔަ ބިދޭސީއެއް އަނބުރައިގަނެގެން ރޭގެ ވަގުތެއްގައި ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

އެގޮތުން އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެފައި ވެއެވެ.

ނަމަވެސް މި ހާދިސާއާ ގުޅޭ އިތުރު މަޢުލޫމާތެއް ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ތަރައްގީކުރި ސިނަމާލެ ބްރިޖުގެ މެއިންޓަނަންސް މަސައްކަތަށް ދިވެހިން ތަމްރީންކުރުން ހިމެނޭހެން، 3 އަހަރު މުއްދަތަށް ބްރިޖްގެ މެއިންޓަނަންސް މަސައްކަތް، ހަވާލުކޮށްފައި ވަނީ އެޕްރޮޖެކްޓް ކުރިއަށްގެންދިޔަ ޗައިނާގެ ސީ.ސީ.ސީ.ސީ ކުންފުންޏާއެވެ.

ޖުމްލަ 300 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ތަރައްޤީ ކުރި ސިނަމާލެ ބްރިޖް މަޝްރޫޢުގެ މަސައްކަތް ނިންމާ އެ ބްރިޖް ހުޅުވާފައި ވަނީ 2018ވަނަ އަހަރުގެ އޮގަސްޓުމަހުއެވެ. މިއީ 1.39 ކިލޯމީޓަރުގެ ބްރިޖެކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް