ޝިޕިންގ އެކްސީޑެންޓެއްގައި ސިންގަޕޫރުގެ ޑަނޑަށް ތެޔޮ އެޅި ބީޗްތައް ކަޅުވެއްވެއްޖެ

Loading

Facebook
Twitter
WhatsApp


ސިންގަޕޫރާ ކައިރިން ކަނޑުތެރޭ ހިނގި ޝިޕިންގ އެކްސީޑެންޓަކަށް ފަހު ގިނަ އަދަކަށް ކަނޑަށް ތެޔޮއެޅުމުގެ ސަބަބުން ދެކުނު ފަރާތު ގޮނޑު ދޮށް ވަރަށް ބޮޑަށް ތެލުން ތަޤައްޔަރު ވެއްޖެ އެވެ. މި ހާދިސާއަށް ފަހު ސަރުކާރުން ގެންދަނީ ތެޔޮތައް ނަގާ ސާފުކުރުމުގެ މަސައްކަތް އަވަދިނެތި ކުރަމުންނެވެ.
ހާދިސާ ހިނގަން ދިމާވެފައިވަނީ ހުކުރު ދުވަހު ނެދަލަންޑްގެ ޑްރެޖިންގ ބޯޓެއް ސިންގަޕޫރުގެ ތެޔޮއުފުލާ ބޯޓެއްގައި ޖެހި، ބޯޓުގެ ތެޔޮ ޓެންކް ފޫގޮސްގެންނެވެ.


ކަމާބެހޭ އިދާރާ ތަކުން ބުނެފައިވާ ގޮތުގައި ދެބޯޓުޖެހެން މެދުވެރިވީ ޑްރެޖަރުގެ އިންޖީނަށް މައްސަލަ ދިމާވެގެންނެވެ. މިހާދިސާއަށް ފަހު ތެޔޮ އުފުލާ ބޯޓުގައި ހުރި ތެލުގެ ދެބައިކުޅަ އެއްބައި، ގާތްގަނޑަކަށް 400 ޓަނުގެ ތެޔޮވަނީ ކަނޑަށް އެޅި އަދި އެއްގަމަށް ލައްގާފައެވެ.
ބައެއް ބީޗް ތަކަށް ދާ ފަރާތްތަކުން ވަނީ ތެޔޮސާފު ކުރި ބައެއް ސަރަހައްދު ތަކުގެ ލޮނުގަނޑު އަދިވެސް ކުލަރީތި ނުވާކަމަށާ އަދިވެސް ލޮނުގަނޑު ހުންނަނީ ކަޅު ކުލައިގަ ކަމަށް ބުނެފައެވެ. މަގްބޫލް ރިސޯޓް ސެންޓޯސާ ގެ ބީޗްތައް ވަނީ ބަންދު ކޮށްފައެވެ. އަދި މޫދަށް އެރުމާ ވޯޓަރ ސްޕޯޓްސް ފަދަ ހަރަކާތްތައް ވަނީ މަނާކޮށްފައެވެ.


މިހާދިސާގެ ސަބަބުން ތިމާވެއްޓަށާ ދިރޭ ތަކެއްޗަށް ލިބޭނެ ގެއްލުންތަކާމެދުވަނީ ކަން ބޮޑުވުން އުފެދިފައެވެ. މިހާރުވެސް ގޮނޑުދޮށުގައުޅޭ ފިނިހައް، ކަކުނި ފަދަ ބައިވަރު ދިރޭތަކެތި ވަނީ ތެލުން ފޮރުވިފައި ކަމަށް ޚަބަރުތައް ބުނެއެވެ. ނަމަވެސް މެރީން ބަޔޯޑައިވަރސިޓީ އަށް ފާހަގަ ކުރެވޭ ގެއްލުމެއް ނުލިބޭ ކަމަށް ނެޝަނަލް ޕާކްސް ބޯޑުގެ އޮފިޝަލަކު ވިދާޅުވެފައި ވެއެވެ.


ތެޔޮސާފު ކުރުމުގެ މަސައްކަތުގައި އުޅޭ ވޮލަންޓިއަރުން ބުނާގޮތުން ގޮނޑުދޮށުގަ އުޅޭ ދޫނިތައް ފަދަ މާގިނަ ތަކެއްޗަށް ތެލުގެ ސަބަބުން ގެއްލުން ވެފައިވާ ތަން އަދި ނުފެނުނު ނަމަވެސް ގެއްލުން ނުވާކަމަށް ބުނަން އަދި މާއަވަހެވެ.
ގޮޑުދޮށަށް ލައްގަމުންދާ ތެޔޮ ސާފު ކުރުމުގެ މަސައްކަތުގައި 1500އެއްހާ ވޮލަންޓިއަރުން ހަރަކާތްތެރި ވަމުން ދާކަމަށް ވެއެވެ.
ސިންގަޕޫރަކީ ޝިޕިންގ އަދި ފިއުލް ބަންކަރިންގެ މައި ހަބަކަށް ވާއިރު ސިންގަޕޫރުގެ ބަނދަރުގައި އަބަދުވެސް ގިނަ އަދަދަކަށް ކަނޑު އުޅަނދު ތައް އަޅާފައި އޮވެއެވެ

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް