ފުލުހުން އެކްސިޑެންޓެއް ކަމުގައި ބެލިނަމަވެސް ބަޔަކު ގަސްދުގައި ރޯކޮށްލީ

Loading

Facebook
Twitter
WhatsApp

މާލޭގައި ސައިކަލުތަކެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާއަކީ އެކްސިޑެންޓެއް ކަމުގައި ފުލުހުން ބެލި ނަމަވެސް ބަޔަކު ގަސްދުގައި ކުރި ކަމެއްކަން އެނގިއްޖެއެވެ.

އެނގިފައިވާ ގޮތުގައި ސައިކަލުތަކުގައި ރޯކޮށްލީ އިމާރާތެއްގެ މަތީ ބުރީގައި ތިބި ބަޔަކު އެއްޗެއްގައި ރޯކޮށްލުމަށްފަހު ތިރިއަށް ވައްޓާލައިގެންނެވެ.

މިގޮތުން އެ މަންޒަރު އެ ހިސާބުގައި ހުރި ބައެއް ސީސީޓީވީ ފުޓޭޖަށް އަރާފައިވާ ކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ.

އެފްއެސްއެމް ޕެޓްރޯލް ޝެޑް ކައިރީގައި ރޭ ދަންވަރު 00:27 ހާއިރު ހިނގި އެ ހާދިސާގައި ފަސް ސައިކަލެއްގައި ރޯވި އަލިފާން ނިއްވާލެވުނީ 00:42 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ.

މި ހާދިސާގައި ރޯވި ފަސް ސައިކަލު ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.  

މިކަމަށް އިޝާރާތްކޮށް ފުލުހުން މިއަދު ބުނީ މިހާތަނަށް ތަހުގީގަށް ބެލެވެނީ އަލިފާން ރޯވި ކަމަށާއި ގަސްދުގައި ބަޔަކު ކުރި ކަމެއް ނުބެލެވޭ ކަމަށެވެ. ނަމަވެސް މި ހާދިސާއާ ގުޅިގެން އާންމުން ބުނަމުން އަންނަނީ މިއީ ގަސްދުގައި ބަޔަކު ކޮށްފައިވާ ކަމެއް ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް