ޕޮލިޓިކަލް ތްރިލާއެއް ކަމަށްވާ ފިލްމު ”ނާޔަކް“ ގައި މަސައްކަތް ކުރުމަށް އެއް ރުޕީސްއަށް އެ ފިލްމަށް ސޮއި ކުރި ކަމަށް ބޮލީވުޑްގެ ސްޕަ ސްޓާރް އަދި ކިންގް ޚާން، ޝާހުރުކް ޚާން ބުނެފިއެވެ.
އަނިލް ކަޕޫރު ލީޑް ރޯލުން ފެނިގެންދާ ”ނާޔަކް“ ގައި އަނިލް ކަޕޫރަކީ ފުރަތަމަ ޗޮއިސްއެއް ނޫންކަން ހާމަކޮށް ޝާހު ބުނީ ނާޔަކް ގައި މަސައްކަތް ކުރުމަށް އެންމެ ފުރަތަމަ ހުށަހެޅީ އޭނާއަށް ކަމަށެވެ.
މިގޮތުން އެ ފިލްމުގައި މަސައްކަތް ކުރުމަށް ސޮއި ކުރުމަށްފަހު އަގެއްގެ ގޮތުން ނެގީ އެއް ރުޕީސް ކަމަށް ޝާހު ބުނެފައި ވެއެވެ.
ނަމަވެސް އެ ފިލްމު އުފެއްދުމުގައި މަސައްކަތްކުރި އިރު ދިމާވި ތަފާތުތަކެއްގެ ސަބަބުން އޭނާ މަސައްކަތް ނުކުރީ ކަމަށް ޝާހު ހާމަކޮށްފައި ވެއެވެ.
ދެހާސް އެއްވަނަ އަހަރު ރިލީޒްކުރި ޕޮލިޓިކަލް ތްރިލާއެއް ކަމަށްވާ ނާޔަކް އަކީ ޑައިރެކްޓަރު ޝަންކަރުގެ ތަމަޅަ ފިލްމު ”މުދަލްވާން“ ގެ ރީމޭކެކެވެ.
މި ފިލްމުގެ ސްޓާރުންގެ ތެރޭގައި އަނިލް ކަޕޫރާއި ރާނީ މުކަރްޖީއާއި އަމްރިޝް ޕޫރީ، ޕަރޭޝް ރާވާލް، އަދި ޖޯނީ ލީވަރ ވެސް ހިމެނެއެވެ.
ޕޮލިޓިކަލް ތްރިލާއެއްގެ މައްޗަށް ކުޅެފައިވާ ”ނާޔަކް“ގައި ދައްކުވައިދެނީ ކޮރަޕްޝަނާއި ދެކޮޅަށް އަޑުއުފުލައި، ކޮރަޕްޝަން ނައްތާލުމަށްޓައި ކުރާ މަސައްކަތުގެ ސަބަބުން ދިމާވާ ހާދިސާ ތަކެކެވެ.
ތޭވީސް އަހަރަށްފަހު ”ނާޔަކް ދަ ރިއަލް ހީރޯ“ގެ ސީކުއެލް ”ނާޔަކް-2“ ނަމުގައި އެ ފިލްމުގެ ދެވަނަ ބައެއް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބޮލީވުޑްގެ ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ރިޕޯޓުކޮށްފައި ވެއެވެ.
One Response
ޝާހުރުކް ހަމަ ބެސްޓް. ދެން ސަލްމާން ޚާން. ހިންދީ ގިނަ ފިލްމް ހަމަ ވަރަށް ބެސްޓް. މޯދީ މައްސަލަޔަކީ. އެކަލޭގެ މުސްލިމުންނާ ދިމާކޮށްލައިގެން މަރަމުން ގެންދާތީ އިންޑިޔާ އައުޓް ޖެއްސެނީ. އަދި ރާއްޖޭގައިވެސް މިލިޓަރީ އިންދާތީ އެމްޑީޕީ އާއި ދެން މިއޮތް ސަރުކާރާވެސް ގުޅިގެން. އެނޫނޫ އިންޑިޔާ އާއި މޯލްޑިވެސްގެ ގުޅުން ހަމަ ބެސްޓް.