އީދު ދުވަސް: ހަވީރު ގަޑީގައި މާލެ ސަރަހައްދުގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާ

Loading

Facebook
Twitter
WhatsApp

އީދު ދުވަހު ހަވީރު މާލެ ސަރަހައްދުގެ މަގުތަކުގައި އިންޖީނުލީ އުޅަނދާއި ބެޓެރި ވެހިކަލްތައް ދުއްވުން މަނާކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލްގެ އިދާރާއިން ބުނީ މިއަހަރުގެ އަޟްޙާ ޢީދު ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޢީދު ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ހިމެނޭ ޢާންމު ހުރިހާ މަގުތަކަކީ ވެހިކަލް ނުދުއްވާ ސަރަހައްދުތަކެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށެވެ.

“ގްރޭޓަރ މާލެ އޭރިއާގައި ހިމެނޭ މާލެ، ހުޅުމާލެ އަދި ވިލިމާލޭ މަގުތަކުގައި މަތީގައި ދެންނެވިފައިވާ ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް، އިންޖީނުލީ އަދި ބެޓެރި އުޅަނދު ދުއްވުމަކީ މަނާކަމެއްކަމުގައި އާންމުކޮށް އަންގާ އިއުލާނު ކުރީމެވެ.“

މި އެންގުމާ ޚިލާފުވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

މިދިޔަ ފިޠުރު އީދު ދުވަހު ހަވީރު 16:00 އިން 18:00 އަށް ވެސް މާލެ ސަރަހައްދުގެ މަގުތަކުގައި އިންޖީނުލީ އުޅަނދާއި ބެޓެރި ވެހިކަލްތައް ދުއްވުން މަނާކުރިއެވެ.

އީދު ދުވަހު ހަވީރު ވެހިކަލް ދުއްވުން މަނާކުރަނީ އީދު ދުވަހަކީ ގިނަ ބަޔަކު އީދުގެ ހަރަކާތްތަކުގައި ބައިވެރިވުމަށް އާންމު ތަންެތަނަށް ނުކުމެ އުޅޭނެ ދުވަހަކަށްވާތީ އެންމެނަން ވެސް ފަސޭހަ އިންތިޒާމެއް ހަމަޖައްސައިދިނުމުގެ ގޮތުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް