ރަޖިސްޓްރީ ނުކުރާ ވެހިކަލެއްގައި ވަގު ބޯޑު އަޅުވައިގެން ދުއްވި މައްސަލައެއް ބަލަނީ

Loading

Facebook
Twitter
WhatsApp

ރަޖިސްޓްރީ ނުކުރާ ވެހިކަލެއްގައި ވަގު ބޯޑު އަޅުވައިގެން ދުއްވި މައްސަލައެއް ބަލަން ފަށައިފިއެވެ.

ފުލުހުން މިރޭ ބުނީ މިއަދު 18:18 ހާއިރު ހައިވޭ ދެކުނުން އުތުރަށް ލައިސެންސް ނެތި އަދި ރަޖިސްޓްރީ ނުކުރާ އުޅަނދެއްގައި ވަގު ބޯޑު އަޅުވައިގެން ދުއްވި މައްސަލައެެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެގޮތުން މި މައްސަލަ ތަހުގީގުކުރަމުންދާ ކަަމަށް ފުލުހުން ވަނީ ބުނެފައެވެ.

މީގެއިތުރުން މިއަދު ހަވީރު 17:17 ހާއިރު ބްރިޖު އެއާޕޯޓު ލައިޓު އިރުން ހުޅަނގަށް ގަވާއިދާ ޚިލާފަށް ފަހަތަށް ގިނަ އަދަދެއްގެ މީހުން އަރުވައިގެން ދުއްވި މައްސަލައެއް ހިމެނޭ ކަމަށާއި މި މައްސަލަ ވެސް ތަހުގީގުކުރަމުންދާ ކަަމަށް ފުލުހުން ވަނީ ބުނެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް