ސިޑްސް ކޮންފަރެންސްގައި ބައިވެރިވުމަށް 3.8 މިލިއަން ޚަރަދުކޮށްފައިވޭ

Loading

Facebook
Twitter
WhatsApp

އެންޓިގުއާ އާއި ބާބިއުޑާގައި ކުރިއަށްދިޔަ އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް)ގެ ހަތަރުވަނަ މަހާސިންތާގައި ސަރުކާރުގެ ވަފުދު ބައިވެރިވާން 3.8 މިލިއަން ޚަރަދުވި ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

މި ދަތުރުފުޅު ކުރައްވާފައި ވަނީ ވަޒީރުންގެ ޓީމެއް ހިމެނޭހެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުއާއެކު މެއި 24 އިން 31 އަށެވެ.

އެގޮތުން މި ދަތުރުފުޅުގައި ރައީސް މުޢިއްޒުއާއެކު 16 ބޭފުޅަކު ބައިވެރިވެވަޑައިގެންނެވިއިރު، އެ ބޭފުޅުންގެ ޓިކެޓަށް ވަނީ 2.6 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ.

ހަމައެހެންމެ އެ ބޭފުޅުންނަށް ޕޮކެޓު މަނީގެ ގޮތުގައި 141،312 ރުފިޔާ ޚަރަދުކޮށްފައި ވާއިރު އެއީ ބޮލަކަށް ޕޮކެޓު މަނީގެ ގޮތުގައި 9،000 އަށްވުރެ ގިނަ ރުފިޔާއެވެ.

އަދި ފަރިއްކޮޅަށް 164،014.17 ރުފިޔާ ޚަރަދުކޮށްފައި ވާއިރު ސްޓޮޕްއޯވާއަށް ވަނީ 18،468 ރުފިޔާ ޚަރަދުކޮށްފައެވެ.

މީގެ އިތުރުން އިންސިޑެންޓަލް އަށް 6134.70 ރުފިޔާ ޚަރަދުކޮށްފައި ވާއިރު

އެކޮމަޑޭޝަންއަށް 618،048.67 ރުފިޔާ އަދި

ޓްރާންސްޕޯޓަށް 271،956.52 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

ސިޑްސްގެ މިފަހަރުގެ މަހާސިންތާގައި ރާއްޖެއަށް ބޭނުންވާ މާލީ އެހީތެރިކަމާއި އެއްބާރުލުމާއި، ތިމާވެށި ހިމާޔަތް ކުރުމަށް ބޭނުންވާ އެހީތެރިކަމާއި، ރާއްޖޭގެ މަޝްރޫއުތަކަށް އިންވެސްޓަރުން ހޯދުމަށް ބޭނުންވާ އެހީތެރިކަމާއި، ބައިނަލްއަގްވާމީ ޖަމާއަތްތަކުން ރާއްޖެއަށް ލިބޭ އެއްބާރުލުމާއި އެހީތެރިކަން އިތުރުވާނެކަމުގެ ޔަގީންކަން ހާސިލުވެފައިވާ ކަމަށް ރައީސް އޮފީހުން ހާމަކުރެއެވެ.

މީގެ އިތުރުން ސިޑްސްގެ މިފަހަރު މަހާސިންތާއަކީ ބައިނަލްއަގްވާމީ މުޖުތަމައު އަދި ތަރައްގީވަމުން އަންނަ ކުދި ގައުމުތަކުގެ ސަފުގައި ރާއްޖެ އަދާ ކުރާ ދައުރު އިތުރަށް ހަރުދަނާވެ، ރާއްޖެއަށް ގައުމުތަކުން ކުރާ އިތުބާރު އިތުރުވެގެން ދިޔަ މަހާސިންތާއެއް ކަމަށް ރައީސް އޮފީހުން ހާމަކުރެއެވެ.

Loading

One Response

  1. މަސް ކިރުވަފާ މަސްވެރިންނަށް ދޭނެ ފައިސާއެއްވެސް ނެތޯ

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް