ހުޅަނގު އައްސޭރީގެ ރާމަﷲ އިން ރޮއިޓަރސް ދީފައިވާ ޚަބަރުގައި ބުނެފައިވަނީ ފަލަސްތީނުގެ މައްސަލަ ( ގައްޒާގައި ހިނގަމުންދާ ހަނގުރާމަވެސް ހިމެނޭގޮތުގައި ) ޙައްލުކޮށް ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމާ ދޭތެރޭ ރައްޔިތުން ދެކޭގޮތް ބެލުމަށް ނެގި ވޯޓުގައި ޙަމާސްގެ ޖިހާދަށް ތާއީދު ކުރުމާއިއެކު އިސްރާއީލާ ދެކޮޅަށް ޖިހާދުކުރުމަށް އަނެއްކާވެސް ރައްޔިތުން ތާއީދު ކޮށްފިއެވެ.
އިސްރާއީލު- ފަލަސްތީނު މުޖާހިދު ހަމާސްގެ ހަނގުރާމަ ފެށުނުތާ އަށެއްކަ މަސްދުވަސް ފަހުން ޕެލަސްޓީނިއަން ސެންޓަރ ފޯރ ޕޮލިސީ އެންޑް ސަރވޭ ރިސާރޗުން ގައްޒާއާއި ހުޅަނގު އައްސޭރީގައި ނެގި ވޯޓުން ހާމަވެގެނަ ދިޔައީ މީގެ ކުރިން ނެގި ވޯޓުގައި ބައިވެރިވި މީހުން %40 ގެ ނަތީޖާ މިފަހަރު %54 އަށް އުފުލިފައިވާ ކަމަށެވެ.
އެ ފަހަރުގެ ވޯޓުގައި ޙަމާސްއަށް ތާއީދު ލިބުނު 6% މިފަހަރުގެ ވޯޓުގައި ވަނީ %40 އަށް އުފުލިފައެވެ. މަޙްމޫދު އައްބާސް ގެ ފަތަޙް ޖަމާއަތަށް ގާތްގަނޑަކަށް ލިބުނީ %20 އެވެ.
ޕެލަސްޓީނިއަން ސެންޓަރ ފޯރ ޕޮލިސީ އެންޑް ސަރވޭ ރިސާރޗުން ނެގި ވޯޓުން ހަމާވެފައިވާ އަނެއް ޙަގީގަތަކީ ވޯޓުގައި ބައިވެރިވި މީހުންގެ ތެރެއިން %80 މީހުންގެ ގާތްތިމާގެ މީހަކު އިސްރާއީލް- ޙަމާސްގެ ހަނގުރާމައިގާ މަރުވެ ނުވަތަ ޒަޚަމް ވެފައިވާކަމެވެ.
އެ ޖަމްއިއްޔާގެ އެންމެ އިސްވެރިޔާ ވަލީދު ލަދާދުވާހް ވިދާޅުވެފައިވާ ގޮތުގައި ޙަމާސްގެ ތާއީދު އިތުރު ވުމުގެ ސަބަބަކީ އިސްރާއީލުންގެ ޙަމަލާތަކުގައި މަރުވަމުންދާ މީހުންނާއި ގައްޒާއަށް ލިބެމެންދާ ގެއްލުން ކަމުގައި ގަބޫލުކުރެވެއެވެ. ހަމައެއާއިއެކު ހަތިޔާރު ބަހައްޓާފައި އިސްރާއީލާއެކު ވާހަކަދައްކައިގެން ފަލަސްތީނުގެ ދައުލަތެއް އުފެއްދުމަށް މަހްމޫދު އައްބާސް ގެންގުޅުއްވާ ސިޔާސަތަށް ރައްޔިތުންގެ ނުރުހުން އޮތް މިންވަރުވެސް ހާމަވެގެން ހިގައްޖެ ކަމަށެވެ.
އައްބާސްގެ ވިސްނުންފުޅުހުރީ އިސްރާއީލާއެކު ސުލަހަވެގެން 1967 ގެ ހަނގުރާމައިގާ އިސްރާއީލުން ހިފާއިވާ ހުޅަނގު އައްސޭރިއާއި ގައްޒާގައި އަދި އިރުމަތީ ބައިތުލް މަގްދިސް އަކީ އެ ދައުލަތުގެ ވެރިކަން ކުރާ ރަށްކަމުގައި ހެދޭނެ ކަމަށެވެ.
އެކަމަކު އިސްރާއީލުން ކެނޑިނޭޅި ބުނަމުން އެ ގެންދަނީ ފަލަސްތީނުގެ ދައުލަތެއް ނުއުފެއްދޭނެ ކަމަށެވެ. އަދި ދުވަހުން ދުވަހަށް އިސްރާއީލުގެ ވަޒަންވެރިން އެ ސަރަހައްދު ތަކުގައި ފައިހަރުކުރަމުން ގެންދާ ގެންދިއުން އައްބާސްއަށް ފެނިވަޑައިގަންނަވާ ކަމަކަށްވެސް ނުވެއެވެ. ފަލަސްތީނުގެ ރައްޔިތުން މަހްމޫދު އައްބާސްގެ ސިޔާސަތު ގަބޫލު ނުކުރާ އެންމެ ބޮޑުސަބަބަކީ މިއީއެވެ. އޭނޭވަނީ މުސްކުޅިފުޅުވެ އޭނާގެ ބާރު ހިންގާ ފަޅީގައިވެސް ވާ ނުވާ ނޭގޭ ވެރިޔަކަށް ވެފައެވެ.
ނަމަވެސް އެމެރިކާއާއި ޢަރަބި ގައުތަކުން އައްބާސް ބޭނުން ކުރައްވައިގެން ޙަމާސް އާއި ދެކޮޅު ސިޔާސަތް ފަތުރާކަމުގެ ޝަކުވާ ފަލަސްތީނުގެ 80% ރައްޔަތުން ކުރެއެވެ.
ޙަމާސް މުޖާހިދުން އައްބާސްގެ ވިސްނުންފުޅަށް ތާއީދު ނުކުރަނީވެސް މި ސަބަބާހުރެއެވެ. ޙަމާސް އިން ގަބޫލުކުރާ ގޮތުގައި އިސްރާއީލާއި އެކު މަޝްވަރާކޮށްގެން ނިންމޭނެ ރަނގަޅު ނިންމުމެއް ދުވަހަކުވެސް ނުފެންނާނެއެވެ.
މީގެ ތިންމަސްދުވަސް ކުރިން މަހްމޫދު އައްބާސްގެ ސިޔާސަތަށް ހުރޭ ރައްޔިތުންގެ ނިސްބަތް ހޯދުމަށް ނެގުނު ވޯޓުގައި %84 ރައްޔިތުން ބުނެފައިވަނީ އައްބާސްގެ ވެރިކަމަށް ނުރުހޭ ކަމަށެވެ. އެންމެ ފަހުން މި ނެގުން ވޯޓުގައި %89 ރައްޔިތުން ބޭނުންވާނީ މަހްމޫދު އައްބާސް އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށެވެ.
ހުޅަނގުގެ ގައުމުތަކުން ޙަމާސްއަށް ނުރުހުން ފާޅުކުރަމުން ގެންދިއުމާއި އެކު ބާރުއަޅަމުން ގެންދަނީ އައްބާސްގެ ބަލިކަށި ވެރިކަން ދެމެހެއްޓުމަށެވެ. އެހެންނަމަވެސް 2007 އެ އިންތިޚާބުގައިވެސް ގައްޒާއިން އައްބާސްއަށް ކާމިޔާބެއް ނުކުރެވުނެވެ. ބޮޑު އަޣުލަބިއްޔަތަކުން ގައްޒާގެ އިންތިޚާބު ކާމިޔާބު ކުރީ ޙަމާސް އިންނެވެ.
2007 ގެ އިންތިޚާބުގައި ޙަމާސް އިންތިޚާބުން މޮޅުވުމުންވެސް ފަތަޙް ޖަމާއަތުގެ ތާއީދު ޙަމާސްއަކަށް ނުދިނެވެ. ހުޅަނގު އައްސޭރީގައި އިންތިޚާބު ކާމިޔާބުކުރީ ޖަލުގައި ނުންނެވި އެ ޖަމާއަތުގެ ލީޑަރ މަރްވާން ބަރްޣޯތީއެވެ. އެމަނިކުފާނަށް %39 ތާއީދު ލިބި ވާޑައިގެންނެވިއިރު
ފަލަސްތީނުގެ މި ވޯޓާބެހޭގޮތުން އިސްރާއީލު ސަރުކާރުގެ ތަރުޖަމާނު ޑޭވިޑް މެންސަރ އަށް ސުވާލުކުރުމުން ދީފައިވާ ޖަވާބަކީ “ އެއީ ކިހެނެއް ނެގި ވޯޓެއްކަން ނުވަތަ އެއީ ރަނގަޅު ނުވަތަ ނުރަނގަޅު ވޯޓެކޭވެސް ބުނާކަށް ނޭގެއެވެ.
ކޮންމެ ގޮތެއްގައިވެސް މިހަނގުރާމައިން ޙަމާސް ބަލިވުމަށްފަހު ގައްޒާގައި އަލުން އުފެދޭ ސަރުކާރަކީ އިސްރާއީލު ސަރުކާރާއި އެކު ގުޅިގެން ހިނގާ ސަރުކާރަކަށް ވާން ޖެހޭނެއެވެ ”. އަބަދުވެސް ވާންޖެހޭނީ އިސްރާޢީލު ބޭނުންވާ ގޮތެކެވެ. އެހެނި އެމެރިކާގެ ތައީދު އޮންނަނީ އިސްރާޢީލު ބޭނުންވާ ގޮތަކަށެވެ.
ގާޒާގެ ގަަތުލު އާންމާއި ދެކޮޅު އަދި ހަނގުރާމަތަކާއި ދެކޮޅު ބައެއް ބޭރުގެ ޖަމްޢިއްޔާތަށް މިހާރު ބުނަމުން ގެންދަނީ އެމެރިކާގެ ޢަމަލުތަށް މެދުއިރުމަތީގައި ބަހަށްޓާގޮތުން ފެނިގެންދަނީ އިސްރާޢީލަކީ “ އަން ޑިކްލިއާރޑް މެދުއިރުމަތީގައި އޮންނަ ޔޫ. އެސް. ސްޓޭޓެއްގެ“ ގޮތުގައެވެ.
One Response
އެމެރިކާގެ ބާރު ކުޑަވި ދުވަހަކުން ނޫނީ ދުނިޔެއަށް ރައްކާތެރި ހަމަޖެހުމެއް ލިބޭނެ ކަމަކަށް ނުފެނޭ. އަދި ކައިރި މުސްތަގްބަލެއްގައި އެމެރިކާގެ ބާރުވެސް ކެނޑިދާނެހެން ހީއެއް ނުވޭ.