ސަފާރީއަކުން ގިނަ އަދަދެއްގެ ބަނގުރާ ހޯދައި މީހަކު ހައްޔަރުކޮށްފި

Loading

Facebook
Twitter
WhatsApp

ކ.މާފުށީ ބޭރުގައި އޮތް ސަފާރީއެއް ބަލައި ފާސްކޮށް ގިނައަދަދެއްގެ ބަނގުރާ ހޯދައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ފުލުހުން ބުނީ މާފުށި ބޭރުގައި އޮތް ސަފާރީއެއްގައި ހުއްދަނެތި ބަނގުރާ ވިއްކާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށާއި މި އޮޕަރޭޝަނުގައި އެ ސަފާރީ ބަލައިފާސްކޮށް 200 އަށްވުރެ ގިނަ ބަނގުރާ ފުޅި އާއި ދަޅު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން 62 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް, މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި އޮޕަރޭޝަން ހިންގީ މާފުށި ޕޮލިސް ސްޓޭޝަން، ޑްރަގް އެންފޯސްމަންޓު، ފޮރެންސިކް ޑިޕާޓްމަންޓު، މެރިން ޕޮލިސް އަދި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެންނެވެ.

Loading

2 Responses

  1. ބަލަ ސަފާރީތަކަށް ހުއްދަދީގެން ގެސްޓުންނަށް ވިއްކައެއްނޫންތޯ/
    ކޮބާ މައްސަލައަކީ؟ މާލެ މަގުމަތީން ބޮއިގެން ދެމިފާތިބާ މީހުން ގެންގޮސް އެބުއިންތައް ހުށްޓުވާބަލާށެވެ.

  2. އެއޮތީޖަހާފައިދޯހުއްދަނެތްސަފާރީއެކޭހުއްދަނުނަގާއިންޕޯޓްއެއްވެސްއެއްޗެއްނުވިއްކޭނެއެކަމަކުރާއްޖޭގައިމިކަންބަލާބަޔަކުގޯސްވަނީރައްޔަތުންނައްރައްޔިތުންބޭނުންވަނީގާނޫނާއިހިލަފައްއަމިއްލައައްހުރިހާކަމެއްގޯސްކުރަންއިސްާހުވާންބޭނުންވާބަޔަކުނެތްކިހިނެއްކަމެއްރަގަޅުކުރަންބަޔަކުމަސައްކަތްކުރާނީދޯ

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް