ކުވޭތުގެ އިމާރާތެއްގައި ރޯވެ 41 މީހުން މަރުވެއްޖެ

Loading

Facebook
Twitter
WhatsApp

ކުވޭތުގެ ދެކުނުގެ ހިސާބެއް ކަމަށްވާ މަންގާފް ގައި މަސައްކަތްތެރިން ދިރިއުޅެމުން އައި އިމާރާތެއްގައި މިއަދު ވަރަށް ބޮޑަށް އަލިފާން ރޯވެ ހިނގި ހާދިސާތަކުގައި މަދުވެގެން 41 މީހުން މަރުވެއްޖެ ކަމަށް ޚަބަރުލިބެއެވެ.މިހާދިސާގައި މަރުވި މީހުންގެ ތެރޭގައި މަދުވެގެން އިންޑިޔާގެ 5 ރައްޔިތުން ހިމެނޭކަން ވަނީ އެނގިފަ އެވެ.

އިންޓީރިއަރ އަދި ޑިފެންސް މިނިސްޓަރު ކަންވެސް ކުރައްވަމުންގެންދަވާ ކުވޭތުގެ ޑެޕިއުޓީ ޕްރައިމިނިސްޓަރ ޝެއިހް ފަހްދު ވަނީ މިއަދު އެތާގަޑިން ހެދުނު 6 ޖެހިއިރު ހިނގި މިހާދިސާ އަށް ފަހު، އެތަނަށް ޒިޔާރަތް ކުރައްވާ ހަމަދަރުދީ ފާޅުކުރައްވާފައެވެ.

ޝެއިހް ފަހްދު ވިދާޅުވި ގޮތުގައި މިފަދަ ހިތާމަވެރި ހާދިސާތައް ހިނގަން މެދުވެރިވަނީ ރިޔަލް އެސްޓޭޓް ގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ފަރުވާ ކުޑަކަމުންނެވެ. މީގެ އިތުރުން މަސައްކަތް ތެރިންގެ އެކަމަޑޭޝަން ތަކުގައި ތޮއްޖެހުން ބޮޑުކަމުންވެސް މިފަދަ ހާދިސާތައް ހިނގާކަމަށް އޮފިޝަލުން ފާހަގަ ކުރައްވާފައި ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް