އެމްޓީސީސީގެ ހިއްސާއަކަށް 4 ރުފިޔާ ބަހަން ފާސްކޮށްފި

Loading

Facebook
Twitter
WhatsApp

މޯޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ހިއްސާއަކަށް 4 ރުފިޔާ ބަހަން ފާސްކޮށްފިއެވެ.

މިގޮތަށް ފާސްކުރީ އޮންލައިން ޕްލެޓްފޯމް ”ފަހިވޯޓު“ މެދުވެރިކޮށް އިއްޔެ ބޭއްވި އެ ކުންފުނީގެ މިއަހަރުގެ ޚާއްސަ އާންމު ޖަލްސާގައެވެ.

އެމްޓީސީސީން ބުނީ މި ޖަލްސާގައި ބައިވެރިވެވަޑައިގެންފައިވަނީ 47 ހިއްސާދާރުން ކަމަށާއި އެއީ މުޅިއެކު 5,540,192 ހިއްސާ ކަމަށެވެ.

މި ޖަލްސާގައި ކުންފުނީގެ އަސާސީ އަދި ހިންގާ ގަވާއިދަށް ހުށަހަޅާފައިވާ އިސްލާހުތައް ހިއްސާދާރުންގެ ތާއިދާއެކު ވަނީ ފާސްކޮށްފައެވެ.

އެގޮތުން ކުންފުނީގެ ގާނޫނު ތަސްދީގުކުރި ފަހުން އެ ކުންފުންޏަކީ މި ގާނޫނާ އެއްގޮތް ކުރުމަށްފަހު، ކުންފުނީގެ އަސާސީ އަދި ހިންގާ ގަވާއިދު ފާސްކުރި ފުރަތަމަ ޕަބްލިކް ލިސްޓަޑް ކުންފުނިކަން އެމްޓީސީސީއިން ވަނީ ފާހަގަކޮށްފައެވެ.

މީގެއިތުރުން މި ޖަލްސާގައި ވަނީ ކުންފުނީގެ ހިއްސާދާރުންނަށް 2022 ވަނަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި 5 ރުފިޔާގެ މޫނުމަތީ އަގުގެ ކޮންމެ ހިއްސާއަކަށް 4 ރުފިޔާ ބަހާގޮތަށް, ޖަލްސާގައި ބައިވެރިވަޑައިގެންނެވި ހިއްސާދާރުންގެ އިއްތިފާގުން ފާސްކޮށްފައެވެ.

މި ޖަލްސާގައި ކުންފުނީގެ ބޯޑުގެ ޗެއަރމަން ވަނީ ހިއްސާދާރުންނަށް ޚިދުމަތް ކުރުމުގައި، ޑިރެކްޓަރުންގެ ބޯޑުންނާއި، ކުންފުނީގެ މެނޭޖްމަންޓުން، ސާބިތުކަމާއެކު
ދެމިތިބޭނެކަމުގެ ޔަގީންކަން ދެއްވައިފައެވެ.

Loading

One Response

  1. ތިޔައީ ދެން ތަންކޮޅެއްބޮޑުވަރެއް… 4ލާރި ހިފައިގެން ދަމާކަނޑަން ނިކުތަސް އަހަރެއް ހަމަވާއިރު 4ރ.ލިބޭނެ..😢😢😢

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް