މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމުގެ މަޝްރޫއުގެ %90 ނިމިއްޖެ

Loading

Facebook
Twitter
WhatsApp

މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރަން ފެށި މަޝްރޫއުގެ 90 އިންސައްތަ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފިއެވެ.

މާލޭގެ މަގުތަކުގައި ފެންބޮޑުވެ ރައްޔިތުންނަށް ދިމާވާ ތަކުލީފުތައް ކުޑަކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އެންގެވުމަށް، ދިފާޢީ ވުޒާރާއާއި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީއާއި އާރްޑީސީ ގުޅިގެން މަޝްރޫއުއެއް ފެށީ މެއިމަހުގެ ނުވަވަނަ ދުވަހުގައެވެ.

މި މަޝްރޫއުގެ އަދާހަމަ ހާމަކޮށް އާރްޑީސީއިން ބުނީ މަސައްކަތަށް ވެސްޓް ޕާކް ސަރަހައްދުން ކޮނެފައިވާ ތަންތަން އެއްވަރުކޮށް، އަލުން ގައު އެތުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ.

މީގެއިތުރުން ކެޗްޕިޓް ބެހެއްޓުމަށްޓަކައި ބޮޑުތަކުރުފާނު މަގުން ކޮނެ، ކެޗްޕިޓް ބެހެއްޓުމުގެ އެންމެހާ މަސައްކަތްތައް ނިމިފައިވާ ކަމަށާއި މި މަޝްރޫއުގެ %90 މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް