“އެމެރިކާއާއި އިޒްރޭލުގެ ޖާސޫސުންގެ ސެލްއެއް” ހައްޔަރުކޮސްފައިވާކަން ޔަމަނުގެ ހޫތީން ހާމަކޮށްފިއެވެ.
ހޫތީން މިކަން ހާމަކޮށްފައިވާއިރު، އެކުވެރި ދައުލަތުގެ އިރުޝާދުގެ ދަށުން މަސައްކަތްކުރާ 12 މީހަކު ޔަމަނުން ހައްޔަރުކޮށްފައިވަނީ ދާދި ފަހުންނެވެ.
މިގޮތުން، ޔަމަނުން ހައްޔަރުކުރި ސެލްގައި ޔަމަނުގައި ހުންނަ އެމެރިކާ އެމްބަސީގެ ކުރީގެ މުވައްޒަފެއް ހިމެނޭކަން ހޫތީންގެ އިންޓެލިޖެންސް ޗީފް، އަބްދުލް ހަކީމް އަލްޚައިވާނީ އާންމުކޮށް ބްރޯޑްކާސްޓްކޮށް ދިން ބަޔާނެއްގައި ހާމަކޮށްފައެވެ.
“މިއީ ދުޝްމަނުންގެ މަސްލަހަތު އޮންނަކަންކަން ކުރިއަށްޖައްސައި، އެހެން ކަންކަމަށް ރަސްމީ ހައިސިއްޔަތުންނާއި، ނުރަސްމީގޮތުން އަސަރުފޯރުވައި، އެތައް އަހަރުތަކެއް ވާންދެން ދުޝްމަނުންނސް ޖާސޫސީ މަސައްކަތް ކޮށްދީފައިވާ އިޒްރޭލް-އެމެރިކާ ސްޕައި ސެލްއެއް.” އެ ބަޔާނުގައި ބުނެފައިވެއެވެ.