ސަޢުދީގައި ކިޔަވާ ދިވެހި ދަރިވަރުން ޙައްޖު މިޝަންގެ މަންދޫބުންނަށް ހަމަޖައްސައިފި

Loading

Facebook
Twitter
WhatsApp

ސަޢުދީގައި ކިޔަވާ ދިވެހި ދަރިވަރުން ފުރަތަމަ ފަހަރަށް ރާއްޖޭގެ ޙައްޖު މިޝަންގެ ރަސްމީ މަންދޫބުންގެ ގޮތުގައި ހަމަޖައްސައިފިއެވެ.

މިކަންހާމަކޮށް އިސްލާމިކް މިނިސްޓްރީން ބުނީ މި އަހަރުގެ ޙައްޖުގެ ކަންކަމުގައި ރާއްޖޭގެ ޙައްޖު މިޝަންއާއެކު ދިވެހި ދަރިވަރުންވެސް ޙައްޖުވެރިންގެ ހިދުމަތުގައި މަސައްކަތް ކުރާނެ ކަމަށެވެ.

ހަމަ އެހެންމެ މި އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ދަރިވަރުންނަށް މި ފުރުސަތު ދިނުމަށް ނިންމާފައިވާ ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.

މީގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ‏އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު  ސައުދީގައި ކިޔަވާ ދަރިވަރުންނާއި ބައްދަލު ކުރައްވާ ދަރިވަރުންނަށް މިފަދަ ފުރުސަތުތައް ތަނަވަސްކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ.

މި އަހަރު ރާއްޖެއަށް ވަނީ 1150 ހައްޖު ކޯޓާ ލިބިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް