އިންޑިޔާއަށް ކުރިމަތިވެފައިވާ ހީޓްވޭވް ގައި އިތުރު 8 މީހުން މަރުވެއްޖެ

Loading

Facebook
Twitter
WhatsApp

އިންޑިޔާއަށް ކުރިމަތިވެފައިވާ އާދަޔާ ޚިލާފް ހޫނު މޫސުމުގައި އޮޑިއްސާ އިން 72ގަޑިއިރު ތެރޭ 8 މީހުން މަރުވެފައިވާ ކަމަށް ޚަބަރު ލިބެއެވެ.

މޭމަހު ހާމަކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ހޫނު ގަދަ ވުމުގެ ސަބަބުން ދިމާވި ސިއްހީ މައްސަލަ ތަކުގައި މަރޗް މަހުން މޭމަހުގެ ނިޔަލަށް 60 މީހުން މަރުވެފައި ވެއެވެ. ރަށް ފުށުގެ ހިސާބުތަކުން މަރުވި މީހުންގެ އަދަދުތައް ހާމަވެފައިނުވާތީ މަރުވި މީހުންގެ އަދަދު މިއަށްވުރެ މަތިވާނެ ކަމަށް ބެލެވެއެވެ.

އޮފިޝަލުން ވިދާޅުވާ ގޮތުގައި މިހާރު ކުރިމަތިވެފައި މިވަނީ މިހާތަނަށް ކުރިމަތިވި އެންމެ ހޫނުގަދަ މޫސުމެވެ. މިދުވަސްވަރު ބައެއް ހިސާބުތަކުގައި ހޫނުމިން 50 ޑިގްރީ އަށްވެސް އަރާފައި ވެއެވެ.

އުތުރު އިންޑިޔާގެ ބައެއް ހިސާބުތަކަށް މޭމަހުގެ މެދެއްހާ ހިސާބުން ފެށިގެން ހޫނުމިން ހުރީ 45ޑިގްރީއާ 50 ޑިގްރީއާ ދެމެދުއެވެ. ހޫނުގަދަވުމުން ފެނަށް އޮންނަ ޑިމާންޑް ބޮވެފައިވުމާއިއެކު ބައެއްހިސާބުތަކުން ފެން ލިބުންވެސް ވަނީ ދަތިވެފައެވެ.

މިދިޔަމަހު އިންޑިޔާގައި ބޭއްވުނު އާންމު އިންތިޚާބް ގައި ހަރަކާތްތެރިވި މީހުންގެތެރެއިން 33މީހަކުވެސް ހޫނު ގަދަވުމުގެ މަރުވެފައިވާ ކަމަށް ޚަބަރުލިބެއެވެ. މީހުން ގިނައިން މަރުވެފައިވަނީ ބިހާރު އުއްތަރަ ޕްރަދޭޝް އަދި އޮޑިއްސާ އިންނެވެ.

އިންޑިޔާގެ އުތުރަށް އާދަޔާޚިލާފަށް ހޫނު ގަދަވެފައިވާއިރު ދެކުން ކެރަލާ ސްޓޭޓަށް މޭމަހުގެ 30 ވަނަ ދުވަހު ވަނީ މޮންސޫން ނުވަތަ މޫސުމުގެ ވިއްސާރަ ފެށިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް