އިރާނާއެކު ގުޅުން އައުކުރުމަށް ބަހްރޭނުން އެދުނީ ރަޝިއާ މެދުވެރިކޮށް

Loading

Facebook
Twitter
WhatsApp

އިރާނާއެކު ޑިޕްލޮމެޓިކް ގުޅުންތައް އައުކުރުމަށް ބަހްރޭނުން އެދިފައިވަނީ ރަޝިއާ މެދުވެރިކޮށްގެންނެވެ. 

ރައީސްގެ ތަރުޖަމާނު މުހައްމަދު ޖަމްޝީދީއާއި ހަވާލާދީ އިރާނުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ބަހްރޭނު ސަރުކާރުގެ އިސް ބައެއް ބޭފުޅުންވަނީ އިރާނާއި އެކު ގުޅުން ބަދަހިކުރުމުގެ ވާހަކަތައް ދައްކަމުންނެވެ. އިރާނާއި ބަހްރޭނާއި ދެމެދު ޑިޕްލޮމެޓިކް ގުޅުން ނޯންނަތާ ގިނަ އަހަރުތަކެއް ވެއްޖެއެވެ. 

މިގޮތުން، ބަހްރޭނުން އިރާނާއެކު ޑިޕްލޮމެޓުކް ގުޅުން ކަނޑާލާފައިވަނީ 2016 ވަނަ އަހަރު ސައުދީ އަރަބިއާއާއި އިރާނާއި ދެމެދު ޖެހުނު މައްސަލައަކަަާއި ގުޅިގެންމެވެ. އަދި ބަހްރޭނުންވަނީ 2011 ވަނަ އަހަރު ސަރުކާރާއި ދެކޮޅަށް ކުރިއަށް ގެންދިޔަ މުޒާހަރާތަކުގެ ފަހަތުގައި އިރާނުގެ އަތެއްވާކަމަށް ބުނެ ތުހުމަަތުކޮށްފައެެވެ. 

ޗައިނާގެ އިސްނެގުމުގެ މަތިން މަޝްވަރާކޮށް ސައުދީ އަރަބިއާއާއި އިރާނުން މިހާރުވަނީ މައްސަލަ ހައްލުކޮށް، އެކުގައި ކުރިން އޮތް ގުޅުންތައް ބޭއްވުމަށްމިހާރު އެއްބަސްވެފައެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް